އިމާރާތް ކުރުމުގައި އުފެދޭ ކުނި އުކޭނެ ވަގުތުތަކަށް ބަދަލު ގެނެސްފި

އިމާރާތް ކުރުމުގައި އުފެދޭ ކުނި އުކޭނެ ވަގުތަށް ވެމްކޯއިން ބަދަލު ގެނެސްފި އެވެ. ވެމްކޯއިން ބުނީ ގަޑިއަށް ގެނައި ބަދަލަށް އަމަލު ކުރަން ފަށާނީ މިމަހުގެ11 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެ ދުވަހުން ފ...

08 Jun 2022 | 08:51

އިމާރާތް ކުރުމުގައި އުފެދޭ ކުނި އުކޭނެ ވަގުތަށް ވެމްކޯއިން ބަދަލު ގެނެސްފި އެވެ.

ވެމްކޯއިން ބުނީ ގަޑިއަށް ގެނައި ބަދަލަށް އަމަލު ކުރަން ފަށާނީ މިމަހުގެ11 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އެ ދުވަހުން ފެށިގެން އިމާރާތް ކުރުމުގައި އުފެދޭ ކުނި އުކޭނީ ހެނދުނު9:00 ން ރޭގަނޑު9:00 އަށެވެ. އެ ފަދަ ކުނީގެ ތެރޭގައި ކަނޑައަޅާފައިވަނީ ގާ ކުނި، ގާ، ލަކުޑި ފަދަ އަދި ބަރު ބޮޑި ކުންޏެވެ.

މި ތަކެތި ބަލައިގެންނާނީ ކުރިއެކޭވެސް އެއްގޮތަށް މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަނުންނެވެމ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް