ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސަކަށް ސުއޫދު އައްޔަނުކޮށްފި

ހުސްވެފައިވާ ފަނޑިޔާރުންގެ ޖަމްއިއްޔާގެ ރައީސްކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ޢައްޔަނު ކުރައްވައިފިއެވެ. މި މަޤާމަށް ސުއޫދު އައްޔަންކޮށްފައި ވަނީ އެމަޤާމު ފުރުއްވަމުންދިޔަ ހައިކޯޓުގެ ފ...

08 Jun 2022 | 07:14

ހުސްވެފައިވާ ފަނޑިޔާރުންގެ ޖަމްއިއްޔާގެ ރައީސްކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ޢައްޔަނު ކުރައްވައިފިއެވެ.

މި މަޤާމަށް ސުއޫދު އައްޔަންކޮށްފައި ވަނީ އެމަޤާމު ފުރުއްވަމުންދިޔަ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު ކަމުގެ މަގާމުން މިދިޔަ މަހުގެ 31 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އެޖަމްއިއްޔާގެ ރައީސްކަމުގެ މަޤާމު ހުސްވުމާއި ގުޅިގެން ހިންގާ ކޮމެޓީން ވަނީ އެމަޤާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އައްޔަން ކުރެއްވުމަށް  ނިންމަވާފައެވެ. ހިންގާ ކޮމެޓީން ނިންމި ގޮތަށް ޖަމްއިއްޔާގެ ރައީސްކަން ސުއޫދު ވަނީ ގަބޫލުކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާ ހުސްނުއްސުޢޫދަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނާއިބުގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ.

މީގެ އިތުރުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް ޞާލިހު އެކުލަވާލެއްވި ކޮމިޝަންގެ ރައީސް ކަމުގެ މަޤާމުވެސް ސުއޫދު ފުރުއްވާފައިވެއެވެ.

ފަނޑިޔާރުންގެ ޖަމްއިއްޔާގެ މައިގަނޑު މަޤްޞަދަކީ، ފަނޑިޔާރުންގެ މުސްތަޤިއްލުކަން ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަޤިއްލުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި އެމީހުންގެ އިމްތިޔާޒުތައް ޙިމާޔަތްކުރުމަށް މަސައްކަތް ކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް