ގިނަ ދުވަސްތަކަކަށް ފަހު ރައީސް ސޯލިހު ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިން ނޫސްވެރިންނާއި ބައްދަލު ކުރައްވަން ހަމަޖައްސަވައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު ވިދާޅުވީ ރައީސްގެ ނޫސްވެރިންގެ ބައްދަލުވު...

08 Jun 2022 | 06:42

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިން ނޫސްވެރިންނާއި ބައްދަލު ކުރައްވަން ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު ވިދާޅުވީ ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާނީ މިއަދު ހަވީރު4:00 ގައި އެވެ.

މަބްރޫކް ވިދާޅުވީ ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ޓީވީ ޗެނަލްތަކުން ވަގުތުން ދުރަށް ދައްކާނެކަމަށެވެ.

މިބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ނޫސްވެރިންނާއި ބައްދަލު ކުރައްވާއިރު، ދުނިޔޭގެ އިޤްތިޞާދީ ހާލަތާއި، ރާއްޖެއިން މިކަމަށް އަޅުއްވާނެ ފިޔަވަޅުތަކާއި ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާ ކުރައްވާނެކަމަށް ބެލެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް