ހިޔާ ޓަވަރުތައް ކައިރީ އާންމުން އިންދާފައި ހުރި ގަސްތައް ނަގަން އަންގައިފި

ހިޔާ ޓަވަރުތައް ކައިރީ އާންމުން އިންދާފައި ހުރި ގަސްތައް ނަގަން ހައުސިން ޑީވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ. އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ގަސްތަށް ނަގަނީ ހިޔާ ކޯޓްޔާޑުތައ...

08 Jun 2022 | 06:37

ހިޔާ ޓަވަރުތައް ކައިރީ އާންމުން އިންދާފައި ހުރި ގަސްތައް ނަގަން ހައުސިން ޑީވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ގަސްތަށް ނަގަނީ ހިޔާ ކޯޓްޔާޑުތައް ހެދުމުގެ މަސައްކަތް ފަށާފެވެ. އެޗްޑީސީން ނިންމާފައިވަނީ ކޯޓާ ޔާޑުތަކުގައި ގަސް އިންދުމަށެވެ.

އާންމު ފަރާތްތަކުން އިންދާފައި ހުރި ގަސްތައް ނަގަން އަންގާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ކުރިންނެވެ. އެ މުއްދަތުގައި ނުނަގާ ހުރި ގަސްތައް އެ ކޯޕަރޭޝަންގެ ފަރާތުން ނަގައި އެ ސަރަހައްދު ހުސް ކުރާނެ ކަމަށް ބުނެ އެވެ.

ހިޔާ ސަރަހައްދުގައި ހުރި ކޯޓުޔާޑަކީ ކުދިކުދި ޕާކުތަކެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ސަރަހައްދު ތަކެކެވެ. އެ ތަންތަން ތަރައްގީކުރަމުންދަނީ އާންމު ރައްޔިތުން އެތަން ތަނަށް ޒިޔާރަތްކޮށް ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރެވޭ ތަންތަނުގެ ގޮތުގަ އެވެ.

ކޯޓްޔާޑުތަކުގައި އިންދަން ހަމަޖެހިފައިވަނީ ކަނދަކޯޅި، ހުވަނދުމާ، ހިކަނދިފަތް އަދި ރާނބާފަތް ފަދަ ބާވަތްތަކުގެ ގަސްތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް