ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުޅިވަރު ކުރިއަރުވަން ވައުދުވެވަޑައިގަތް ވަރަށް ވުރެ ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މަހުލޫފު ވިދާޅުވީ ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އަށް ހީނުކުރާ ވަރުގެ ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ވެސް ގައުމުގެ ކެރިފޯރުންތެރިކަން ހުރި ވަރަކުން ބަދަލުތައް ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިއަދުގެ ޖަލްސާގައި މަހުލޫފު ވައުދުތަކާއި ގުޅޭގޮތުން ވާހަކަ ދެއްކެވީ މި ދައުރު ނިމޭއިރު ރައީސްގެ ވައުދުތައް ފުއްދޭނެތޯ ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝަހީމް ސުވާލު ކުރެއްވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް