އިންޑިއާގައި ކޯވިޑް ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފަށައިފި އެވެ.
އިންޑިއާގެ ޔޫނިއަން ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ24 ގަޑިއިރު ތެރޭގައި އެ ގައުމުން5،233 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ. ހަތް މީހުން ބަލީގައި މަރުވެފައިވެ އެވެ.
މިއީ މިދިޔަ މާޗް މަހުގެ ފަހުން އިންޑިއާގެ ކޯވިޑް ކޭސްތައް5،000ން މައްޗަށް ދިޔަ ފުރަތަމަ ދުވަހެވެ. ހެލްތް މިނިސްޓްރީން ބުނީ ޖޫން މަސް ފެށުނީންސުރެ އެ ގައުމުގެ ކޯވިޑްގެ ކޭސްތައް ދަނީ އިތުރު ވަމުން ކަމަށެވެ.
އެންމެ ބޮޑަށް ބަލި ފެތުރެމުންދަނީ މަހާރާޝްޓްރާ ސްޓޭޓްގައި އެވެ. އެ ސްޓޭޓުން2،000 އާއި ގާތް ކުރާ އަދަދަކަށް މީހުންނަށް ބަލި ޖެހިފައިވާއިރު މީގެ ތިން ދުވަސް ކުރިން އެ ސްޓޭޓުން ބަލި ޖެހުނު މީހުންގެ އަދަދު އުޅެނީ600 ގައި އެވެ.
އިންޑިއާގައި ބަލި ކޮންޓްރޯލް ކޮށްފައި އޮތްއިރު އަދިވެސް ވެކްސިން ޖެހުން ދަނީ ހުއްޓުމެއް ނެތި ކުރިޔަށް ގެންދަމުންނެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި14.9 ވެކްސިން ޑޯޒު މިދިޔަ24 ގަޑިއިރު ތެރޭގައި ޖަހާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް