ދަރިން އުޅޭގޮތުން ކަރީނާ އާއި ކޭޓްއަށް ކުރެވެނީ އެއް އިހުސާސްތަކެއް!

ދަރިން ބެލުމުުގައި އުޅެން ޖެހޭ ގޮތަށް ބަލާއިރު އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމްގެ އަންހެނުން ކޭޓް މިޑްލްޓަން އާއި ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ހާން ކުރަނީ އެއް ތަޖުރިބާއެއް ކަމަށް އޭނާ ބުނެފި އެ...

08 Jun 2022 | 05:16

ދަރިން ބެލުމުުގައި އުޅެން ޖެހޭ ގޮތަށް ބަލާއިރު އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމްގެ އަންހެނުން ކޭޓް މިޑްލްޓަން އާއި ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ހާން ކުރަނީ އެއް ތަޖުރިބާއެއް ކަމަށް އޭނާ ބުނެފި އެވެ.

އިނގިރޭސި ރާނީ އެލިޒަބަތު ދޭއްގެ ރަނި ކަމަށް 70 އަހަރު ފުރުން ފާހަގަ ކުރުމުގެ ކުލަ ގަދަ ހަފްލާތަކެއް މިދިޔަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު އެ ގައުމުގައި ބޭެއްވި އެވެ. އެ ހަފްލާ ތަކުގެ ތެރެއިން ގިނައެއްގެ ލޮލުގައި އަޅައި ގަތީ ޕްރިންސް ވިލިއަމްގެ ދަރިކަލުން ޕްރިންސް ލުއިސްގެ ހަރަކާތްތަކެވެ.

ތަނުގައި އަޑުގަދަވުމާއި، ގިނަ އިރު އިންނަން ޖެހުމުން ފޫހިވެގެން ޕްރިންސް ލުއިސް ދިޔައީ ހަޅޭއްލަވައި، ކަންފަތުގައި އަތް އަޅައި ލޯމަތީގައިވެސް އަތް އަޅައި ދާން ބޭނުންވާ ފަދަ ގޮތަކަށް ވާހަކަދައްކަމުންނެވެ. އަދި އޭނާ ހިފެހެއްޓުމަށް މަންމަ ކޭޓް މަސައްކަތް ކުރުމުން މަންމަގެ އަތް ދުރަށްލައި ވައްތަރު ޖައްސާ ހަދާތަން ފެނެ އެވެ.

މީޑިއޯ ހިއްސާކޮށް ކަރީނާ ބުނީ މި ވީޑިއޯތަކުން ފެންނަ ޕްރިންސް ލުއިސްގެ އެކިއެކި ހަރަކާތްތަކުން މަންމައެއްގެ ހައިސިއްޔަތުން އެވަގުތު ކޭޓް އަށް ކުރެވޭނެ އިހްސާސްތައް އޭނާއަށް ވަރަށް ރަނގަޅަށް އެނގޭ ކަަމަށެވެ.

ކަރީނާގެ ދެ ދަރިން ކަމަށްވާ ތައިމޫރު އަލީ ހާން އާއި ޖައިހިންދަރު އަލީ ހާން (ޖޭ) އަކީ ވަރަށް ހަލަނި ދެކުދިންނެވެ. ހާއްސަކޮށް ތައުމޫރަކީ މީހުންގެ ސަމާލުކަން ލިޭ ކަހަލަ މަޖާ ކައްތައް ކުރާ ކުއްޖެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް