ވާރޭތެރޭ މަސައްކަތްކުރަން ތިބި މީހުންނަށް، ވިޔަފާރިވެރިއަކު މީރު ކާއެއްޗެއް ތައްޔާރު ކޮށްދީފި

އާއްމުކޮށް ފޯރާމީހުން އުޅެނީ އަރާމުގައި ހަމަޖެހިލައިގެންނެވެ. ނަމަވެސް ވާރޭތެރޭ މަސައްކަތްކުރަން ތިބި، ޤައުމުން ބޭރުގެ މަސައްކަތްތެރިން ފެނިފައި ޓިކްޓޮކް ފަންނާނަކަށް އެތަން ބަލަން ކެތް ނުވެގެން، އެމީ...

08 Jun 2021 | 18:46

އާއްމުކޮށް ފޯރާމީހުން އުޅެނީ އަރާމުގައި ހަމަޖެހިލައިގެންނެވެ. ނަމަވެސް ވާރޭތެރޭ މަސައްކަތްކުރަން ތިބި، ޤައުމުން ބޭރުގެ މަސައްކަތްތެރިން ފެނިފައި ޓިކްޓޮކް ފަންނާނަކަށް އެތަން ބަލަން ކެތް ނުވެގެން، އެމީހުނަށް ކާ އެއްޗެހި ގެންގޮސްދީފިއެވެ.

ސިންގަޕޫރުގެ ޝެރޮން ނަމަކަށް ކިޔާ މީހަކަަށް، އޭނާގެ ފްލެޓްގެ ތިރީގައި، ވާރޭ ވެހެމުން ދިޔަ އިރުވެސް މަސައްކަތް ކުރިއަށް ދިޔަ މީހުނާމެދު ހިތުގައި ރަހުމް އުފެދި، މީރު ކާއެއްޗެއް ދޭން ނިންމިއެވެ.

ބިޒްނަސްވެސް ކުރާ ޝެރޮން، އެމީހުނަށް ދޭން ކެއްކި އެއްޗެހީގެ ވީޑިއޯއެއްވެސް އޭނާގެ ޓިކްޓޮކްއަށް ލާފައިވެއެވެ. މަސައްކަތް ކުރަން ތިބި މީހުނަށް ވަކިވަކިން ކާ އެއްޗެހި ބަންދުކޮށްގެން ގެންގޮސް، އެމީހުނަށް 'ސަޕްރައިޒެއް' ދީފައިވެއެވެ.

https://www.tiktok.com/@officialsharon71/video/6970317845687192833?referer_url=https%3A%2F%2Fwww.asiaone.com%2Fsingapore%2Fmade-my-day-tiktoker-whips-hot-meals-migrant-workers-working-rain&referer_video_id=6970317845687192833&refer=embed&is_copy_url=1&is_from_webapp=v1

އޭނާގެ އެ ވީޑިއޯ ބެލި ޓިކްޓޮކްގެ ގިނަ މީހުން ޝެރޮންއަށް ތައުރީފު ކުރިއެވެ. ދެދުވަސް ތެރޭގައި އެ ވީޑިއޯ600،000 މީހުން ބަލާފައިވެއެވެ.

ޝެރޮން އަށް ތައުރީފުކޮށް، ކާއެއްޗެހި ޑެލިވަރީކުރުމުގެ މަސައްކަތް ކުރާ މީހެއް ބުނެފައި ވަނީ، އެގޮތަށް ވާރޭތެރޭ މަސައްކަތްކުރުމަކީ ކިހާ ބުރަ ކަމެއްކަން އޭނާއަށް އިހުސާސްވާ ކަމަށެވެ. އަދި އެފަދަ ބަޔަކަށް އިހުސާންތެރިވުމުގެ ގޮތުން ކޮށްފައިވާ މި ކަމަށް ޝެރޮން އަށް ޝުކުރުއަދާކޮށްފައި ވެއެވެ.

އެހެން މީހަކު ވަނީ، ޤައުމަށް ހިޖުރަކޮށްގެން އުޅޭ މަސައްކަތްތެރިންނަށް އެހީވެރިވެދިނީތީ ޝެރޮންއަށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް