އެކްޓިވް ކޭސްތަކުގެ އަދަދާއި ފައްސިވާ މީހުންގެ އަދަދުވެސް މަޑުމަޑުން ދަށް ވާން ފަށައިފިއެވެ.
އެގޮތުން މިއަދު ރާއްޖެެއިން370 މީހުން ކޮވިޑަށް ފައްސިވެފައިވެއެވެ.
އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި މިއަދު ފައްސިވި މީހުންގެ ތެރެއިން މާލެ ސަރަހައްދުން ފައްސިވެފައި ވަނީ217 މީހުންނެވެ. އަދި އަތޮޅުތެރެއިން148 މީހުން ފައްސިވެފައި ވާއިރު، ހަދަމުންދާ ރަށްްތަކުން ފައްސިވެފައި ވަނީ އެންމެ މީހެކެވެ.
އަދި މިއަދު ރެސޯޓްތަކުން ހަތަރު މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.
ރާއްޖޭގެ ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު17،461 އެވެ. އިއްޔެ މި އަދަދު ހުރީ18،462 ގައެވެ. އަދި މި މަހުގެ6 ވަނަ ދުވަހު އެކްޓިވް ކޭސްތައް19،670 އަށް އަރައެވެ. މީގެ ކުރިން، އެކްޓިވް ކޭސްތަކުގެ އަދަދު، ހަފްތާއަކަށްވުރެ ގިނަ ދުވަހު24 ހާހުގައި ހުއްޓެވެ. ނަމަވެސް މަޑުމަޑުން އަދަދުތައް ދައްވެ، މިހާރު ރާއްޖޭގައި ކޮވިޑްއަށް ފަރުވާ ކުރަމުންދާ މީހުންގެ އަދަދު މިވަނީ17 ހާހަށް ދަށްވެފައެވެ.
މިހާތަނަށް ރާއްޖެއިން މިހާތަނަށް 68،872 މީހުން ކޮވިޑް އަށް ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން 152 މީހުނަށް މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދާއިރު، 51،213 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ.
ރާއްޖެއިން 189 މީހުން ކޮވިޑްގައި ނިޔާވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް