ޔޫތް މިނިސްޓްރީން، ޔޫރޯ 2020 އަށް ޕްރޮޖެކްޓަރ ދޫކުރަނީ

ޔޫރޯ 2020 އަށް ޕްރޮޖެކްޓަރ ދޫކުރުމަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ނިންމައިފިއެވެ. އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، މި މަހުގެ 11 ވަނަ ދުވަހު ފ...

08 Jun 2021 | 16:00

ޔޫރޯ 2020 އަށް ޕްރޮޖެކްޓަރ ދޫކުރުމަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ނިންމައިފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، މި މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރަޕުގެ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ "ޔޫރޯ 2020" އާއި ދިމާކޮށް ޗައިނާ އެއިޑްގެ ދަށުން ލިބިފައިވާ ޕްރޮޖެކްޓަރތަކެއް އެ މިނިސްޓްރީގެ ފަރާތުން ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެހެންކަމުން މި ޕްރޮޖެކްޓަރތައް ހޯދުމަށް ބޭނުންވެލައްވާ ކްލަބު ޖަމްއިއްޔާ ޖަމާޢަތްތަކުން ޖޫން މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ލިޔުމަކުން އީމެއިލް ([email protected]) ފޮނުވުމަށް އެ މިނިސްޓްރީން އެދިފައިވެއެވެ.

މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެފައިވާ 24 ޓީމު ގްރޫޕްތަކަށް ބެހިފައިވެއެވެ.

އެގޮތުން:

ގްރޫޕް އޭ : ތުރުކީ، އިޓަލީ، ވޭލްސް، ސްވިޒަލޭންޑް

ގްރޫޕް ބީ: ބެލްޖިއަމް، ޑެންމާކް، ފިންލެންޑް، ރަޝިޔާ

ގްރޫޕް ސީ: އޮސްޓްރިއާ، ނެދަލޭންޑްސް، ނޯތު މެސެޑޯނިއާ، ޔޫކުރެއިން

ގްރޫޕް ޑީ: ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް، އިންގްލެންޑް، ސްކޮޓްލެންޑް

ގްރޫޕް އީ: ޕޮލެންޑް، ސްޕެއިން، ސްވިޑަން، ސްލޮވާކިއާ

ގްރޫޕް އެފް: ފްރާންސް، ޖާމަނީ، ޕޯޗުގަލް، ހަންގޭރީ

މި މަހު 11 ގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތް ޔޫރަޕްގެ ތަފާތު 12 ގައުމެއްގަ އެވެ. އެއީ އަޒަރުބައިޖާން، ބެލްޖިއަމް، ޑެންމާކް، އިންގްލެންޑް، ޖަރުމަނު، ހަންގޭރީ، އިޓަލީ، ނެދަލެންޑްސް، ރިޕަބްލިކް އޮފް އަޔަލެންޑް، ރޫމޭނިއާ، ރަޝިއާ، ސްކޮޓްލެންޑް އަދި ސްޕެއިން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް