ޗައިނާ ވެކްސިން ރާއްޖެއިން ނުގަންނާނެ ކަމަށް ބުނެ ރިޕޯޓު ކޮށްފައިވަނީ ނުދައްކާ ވާހަކައެއް: މިނިސްޓަރު

ޗައިނާގެ ސިނޯފާމް ވެކްސިން ރާއްޖެއިން ދެން ނުގަންނާނެ ކަމަށް އިންޑިއާގެ ނޫހަށް ދިން އިންޓަވިއުގައި ބުނެފައި ނުވާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ނަސީމް މިދިޔަ ...

08 Jun 2021 | 12:54

ޗައިނާގެ ސިނޯފާމް ވެކްސިން ރާއްޖެއިން ދެން ނުގަންނާނެ ކަމަށް އިންޑިއާގެ ނޫހަށް ދިން އިންޓަވިއުގައި ބުނެފައި ނުވާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަސީމް މިދިޔަ ހަފްތާގައި އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖެއިން ޗައިނާގެ ވެކްްސިން ދެން ނުގަންނާނެ ކަމަށް ވިދާޅުވި ކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރަނީ އެސްޓްރަޒެނިކާ އައި ކޮވިޝީލްޑް ވެކްސިން ހޯދަން ކަމަށް ބުނެފައިވެ އެވެ.

މިވާހަކަ އާއި މިއަދު ނޫސްވެރިއަކު ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ އެއީ އޭނާ ދެއްވާފައިވާ މައުލޫމާތެއް ނޫން ކަމަށެވެ. އަދި ރާއްޖެއިން ޗައިނާ ވެކްްސިން ނުގަންނަން ނިންމާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އަދި އިންޑިއާ ނޫހުގައި ޖެހި އެ ރިޕޯޓު ލިޔުނު ނޫސްވެރިއާއަށް ގުޅައި ބަދަލު ކުރަން އަންގާފައިވާނެ ކަމަށް ނަސީމް ވިދާޅުވި އެވެ. ނަސީމް ވިދާޅުވީ އެ ރިޕޯޓު ބަދަލު ކުރާނެ ކަމުގެ ޔަގީންކަން ނޫސްވެރިއާ ދިން ކަމަށާއި އެކަމަކު ފަހުން ބަދަލު ކުރިތޯ ނުވަތަ ނުކުރާތޯ ބަލާފައި ނުވާ ކަމަށެވެ.

ނަސީމް މިހެން ވިދާޅުވި ނަމަވެސް ސަރުކާރުން އެހެން ގައުމުތަކުން ވެކްސިން ހޯދަން ކުރާ މަސައްކަތް ޗައިނާގެ ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން ކުރާކަން ހާމަކޮށްފައެއް ނުވެ އެވެ. ރާއްޖެއިން ދަނީ ރަޝިއާ އިންޑިއާ އަދި އޮސްޓްރޭލިއާގެ ކުންފުނިތައް މެދުވެރިކޮށް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ރާއްޖެއަށް މިހާތަނަށް ޗައިނާއިން ގެނެސްފައިވަނީ އެ ގައުމު ސަރުކާރުން ހަދިޔާ ކުރި ދެ ލައްކަ ޑޯޒުގެ ސިނޯފާމް ވެކްސިން އެކަންޏެވެ. ރާއްޖޭގައި މިވަގުތު އެންމެ ގިނަ ޑޯޒު ހުރީވެސް ސިނޯފާމް ވެކްސިންގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް