ކޯވިޑް ކޮންޓްރޯލް ކުރުމަށް މިހާރު ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފަށާނީ ކުރިޔަށް އޮތް ދެ ހަފްތާއަށް ބެލުމަށް ފަހު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެކަމަކު ފިޔަވަޅުތައް އަޅަން ޖެހެނީ އިތުރު ގޮތެއް ނެތުމުން ކަމަށާއި އެކަމަކު މިހާރު ކޯވިޑުގެ ހާލަތަށް އަންނަމުންދާ ބަދަލަށް ބަލާއިރު ވަރަށް އަވަހަށް ފިޔަވަޅުތަކަށް ލުއި ދެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ހާލަތަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ ނަމަ ކުރިޔަށް އޮތް ހަފްތާގައިވެސް ފިޔަވަޅުތަކަށް ލުއި ދިނުމާއި މެދު މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ކޯވިޑާއި ގުޅިގެން ފިޔަވަޅުތަކެއް އަޅައި އެ ފިޔަވަޅުތައް ދަންމަމުން ދިއުމުން ރައްޔިތުންނާއި ކުދި ވިޔަފާރިތަކަށް އޭގެ ނުރަނގަޅު އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށެވެ. އަދި އެހުރިހާ ކަމެއް ފޫބައްދައި އެ ހުރިހާ ކަމަކަށް އެއްފަހަރާ އެއްބާރުލުން ދެވޭހާ ގާބިލް ކަމެއް ދައުލަތުގެ ނެތް ކަމަށެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް