ގާނޫނުލް އުގޫބާތަށް އިސްލާޙު ގެނައުން ފަދަ ކަންކަމަކީ އަބަދުވެސް ކުރަން ޖެހޭނެ ކަމެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޕީޖީ މިހެން ވިދާޅުވީ ޝަމީމް އޮންލައިން ނޫހެއްގައި ގާނޫނުތައް ހެދުމާއި ގާނޫނަށް އަމަކު ކުރުމާއި އަމުރަށް ނުކިޔަމަންތެރި ވުމާއި ގުޅޭގޮތުން ލިޔުއްވާފައިވާ ލިޔުމަކާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި އެވެ.
ޝަމީމްގެ ޓުވީޓުގައި ވިދާޅުވީ ގައުމަށް ދިމާވާ ނުރައްކާތެރި ހާދިސާތަކުން ޢިބުރަތް ލިބިގަންނަން ޖެހޭ ކަމަށެވެ. އަދި އިބުރަތް ލިބިގަތް ކަމަށްވާނީ އެފަދަ ކަމެއް ތަކުރާރުނުވާނޭ ގޮތަށް ދައުލަތުގެ ހުރިހާ ދިމާއަކުން ފިޔަވަޅު އަޅައިގެން ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޕީޖީ ޝަމީމް ވިދާޅުވީ ދިމާވާ ހާދިސާތަކަށް ބަލައި ގާނޫނުލް ޢުޤޫބާތަށް އިޞްލާޙު ގެނައުމަކީ އަބަދުވެސް ކުރަންޖެހޭނެ ކަމެއް ކަަމަށެވެ.
https://twitter.com/HuShameem/status/1402178002113359874
ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ވާހަކަ ޕީޖީ ޝަމީމް ފާހަގަ ކުރެއްވި އިރު ސަރުކާރުގެ ފަރާތުން ވަނީ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހަޅާފައި އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި މި އިސްލާހުގައި ބުނެފައިވަނީ އާންމު ތަނެއްގައި މުސްލިމަކާއި ދިމާލަށް ކާފަރެކޭ ނުވަތަ ގައިރު މުސްލިމެކޭ ބުނުމަކީ ގާނޫނީ ކުށެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް