ކޮވިޝީލްޑާއި އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ ހަ މަސް ފަހުންވެސް ދެވަނަ ޑޯޒް ޖެހޭނެކަމުގައި ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން މިހެން ނިންމާފައިވަނީ މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ލަފާގެ މަތިންނެވެ.
މިކަން ހާމަކޮށް ހެލްތު މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވެކްސިން ލިބުމުގައިހުރި ދަތިތަކާހެދި މިހާތަނަށް ހެދިފައިވާ ދިރާސާތަކުގެ އަލީގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން މިވަނީ މި ވެކްސިންގެ ދެވަނަ ޑޯޒް، ހަ މަސް ދުވަހަށް ފަސްކުރުމާގުޅޭގޮތުން އަމަލުކުރާނެ ގޮތުގެ ލަފައެއް އާންމުކޮށްފައިކަމަށެވެ.
ރާއްޖޭގެ ނިންމުން އައިސްފައިމިވަނީ ޑަބްލިއުއެޗްއޯގެ މި ލަފަޔާ އެއްގޮތަށް ކަމުގައިވެސް ހެލްތުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް