ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލުގެ ހިންގާ ގަވާއިދު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އާންމުކޮށްފި އެވެ.
މި ގަވާއިދަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ސިޔާސަތުތައް ތަންފީޛުވަމުންދާ މިންވަރު ބަލައި، އެ ކަންކަން ހިންގުމަށް ޓަކައި، ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު)ގެ 4 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ "ނުކުޅެދުންތެރިކަން ހުންނަ މީހުއްގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް" ހިންގުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ ހ އަދި ށގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ، ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު)ގެ ދަށުން އެކުލަވައިލައިފައިވާ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް"ގެ ބައްދަލުވުންތައް ބާއްވާނެ ގޮތާއި، އެ ކައުންސިލު ހިންގުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުއްގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލު އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ.
އޭގެ ތެރރޭގައި ހިމެނެނީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ މެންބަރަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމަށް ސަރުކާރުން ކަނޑައަޅައިފައިވާ މިނިސްޓްރީން މެންބަރަކާއި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން އެ މީހުން އިންތިޚާބުކުރާ މެންބަރެކާއި ނަފްސާނީ ބަލިތަކާބެހޭ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން އެ މީހުން އިންތިޚާބުކުރާ މެންބަރަކާކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ މަދަނީ ޖަމްޢިއްޔާތަކުން އިންތިޚާބުކުރާ މެންބަރަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެ މީހުން އިންތިޚާބުކުރާ މެންބަރެއްގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންގެ ތެރެއިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެ މީހުން އިންތިޚާބުކުރާ މެންބަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް