އެންވަޔަރަންމަންޓް މިނިސްޓަރ ޝައުނާއަށް މަޖިލީހުން ރުހުންދީފި

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެޖްނޮލޮޖީ، އާމިނަތު ޝައުނާއަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޝައުނާއަށް ރުހުން ދީފައިވަ...

08 Jun 2021 | 09:34

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެޖްނޮލޮޖީ، އާމިނަތު ޝައުނާއަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޝައުނާއަށް ރުހުން ދީފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޝައުނާއަށް ރުހުން ދޭން ނުފެންނަ ކަމަށް 8 މެންބަރުން ވޯޓު ދެއްވިއިރު 1 މެންބަރަކު ވަނީީ ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

ޝައުނާއަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދާއި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފެވެ.

މި މައްސަލަ ދިރާސާ ކުރުމަށްފަހު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވަނީ، ގާނޫނު އަސާސީގެ 130 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ފުރިހަމަވާންވާނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް ޝައުނާގެ ކިބައިގައި ފުރިހަމަވާކަމަށެވެ.

އެހެންކަމުން ޝައުނާއަކީ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ ރ ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުންދިނުމަށް ޝަަރުތު ފުރިހަމަވާ ފަރާތެއްކަމަށް ކޮމިޓީއަށް ފެންނަކަމަށެވެ. ކޮމިޓީން ޝައުނާއަށް ރުހުންދިނުމަށް ނިންމާފައިވަނީ އެކަމަށްޓަކައި ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް