ޖަލުތަކަސް ބޭސް ސަޕްލައި ކޯށްދިނުމުގެ މަސައްކަތް އިރަމް ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން ހަވާލުކޮށްފިއެވެ.
ކަރެކްޝަނަލް ސަރވިސުން ބުނީ، އިރަމް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމީ އެ ސާވިސްގެ ބިޑް ކޮމެޓީގެ 13 ވަނަ ޖަލްސާއިން ކަމަށެވެ.
ދެން މި ބީލަމުގައި ބައިވެރިވި ޕްރައިމް ކެއަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ކާމިޔާބު ނުކުރެވުނީ، ހުށަހަޅާފައިވާ އަންދާސީ ހިސާބުގައި، އެ ސަރވިސްއިން އަގު ހުށަހެޅުމަށް ބަޔާން ކޮށްފައިވާ ހުރިހާ ބޭހަކަށް އަގު ހުށަހަޅާފައި ނުވާތީ އިވެލުއޭޓް ކުރެވިފައި ނުވުމުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން ބުނެއެވެ.
އަގެއްގެ ގޮތުގައި އިރަމް ޕްރައިވެޓް ލިމިޓެޑުން ހުށައެޅީ 6,822.47 ރުފިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް