ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައި ސުވެނިއަރ ފިހާރައަކާ ކެފޭއެއް ހަދަނީ

ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައި ސުވެނިއަރ ފިހާރައަކާ ކެފޭއެއް ހަދަން ނިންމައި، އެތަން ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮފިއެވެ. ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކު...

08 Jun 2021 | 09:11

ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައި ސުވެނިއަރ ފިހާރައަކާ ކެފޭއެއް ހަދަން ނިންމައި، އެތަން ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮފިއެވެ.

ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ގެޒެޓްކޮށްފައިވާ އިޢުލާނެއްގައި ބުނީ، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައި ސުވެނިއަރ ފިހާރައަކާ ކެފޭއެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނީ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލާ ކަމަށެވެ.

މައުލޫމާތ ސާފުކރަން ބެނުންވާ ފަރާތްތަކުން. ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު، ޤައުމީ ދާރުލްއާސާރު އަދި ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒަށް 15 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 11:30ގައި ހާޒިރުވުމަށް އެ މަރުކަޒުން އެދެއެވެ.

މީގެ އިތުރުން، އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ ވެސް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު، ޤައުމީ ދާރުލްއާސާރު އަދި ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައި23 ޖޫން 2021ގެ 11:30ގައި ކަމަށް އެ މަރުކަޒުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް