ހަނިމާދޫ އެއާޕޯޓުގައި ފަޔާ ޓްރެއިނިންގް ގްރައުންޑެއް ހަދަނީ

ހދ. ހަނިމާދޫ އެއާޕޯޓުގައި ފަޔަރ ޓްރެއިނިންގ ގްރައުންޑެއް ހަދަން ރީޖަނަލް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑުން ނިންމައިފިއެވެ. އެ ކުންފުނިން ކުރި އިއުލާނެއް ބުނީ، އެ ކުންފުނިން ދޭ ނަމޫނާއާ އެއްގޮތަށް އަމިއ...

08 Jun 2021 | 08:30

ހދ. ހަނިމާދޫ އެއާޕޯޓުގައި ފަޔަރ ޓްރެއިނިންގ ގްރައުންޑެއް ހަދަން ރީޖަނަލް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑުން ނިންމައިފިއެވެ.

އެ ކުންފުނިން ކުރި އިއުލާނެއް ބުނީ، އެ ކުންފުނިން ދޭ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި ހދ. ހަނިމާދޫ އެއާޕޯޓުގައި ފަޔަރ ޓްރެއިނިންގ ގްރައުންޑެއް ހަދައިދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 13 ޖޫން 2021 ވަނަ ދުވަހުގެ 11:00 އަށް ހދ. ހަނިމާދޫ އެއަރޕޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައި ވެއެވެ.

ބިޑު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ބިޑުތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައިގައެވެ. ބިޑު ހުށަހަޅާ ސިޓީ އުރަތައް ހުންނަންވާނީ ތިރީގައިވާ ގޮތަށް ލޭބަލް ކުރެވިފައެވެ.

އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 13 ޖޫން 2021 ވަނަ ދުވަހުގެ 11:00 ގައި ހަނިމާދޫ އެއަރޕޯޓްގައެވެ.

މި މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ ނުވަތަ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންނަމަ [email protected] އަށް އީމެއިލް ކުރެއްވުން  ނުވަތަ 9999609 އަށް ގުޅުއްވުން ލިބޭނެ ކަމަށް އިތުރު މައުލޫމާތު ރީޖަނަލް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެއެވެ.

އިތުރު މައުލޫމާތު ރީޖަނަލް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑުން ގެޒެޓްކޮށްފައިވާ އިޢުލާންގައި ވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް