ފަލަސްތީނަށް އެހީވުމަށް ރ. ވާދޫގައި ބެހެއްޓި ފަންޑުފޮށިތަކަށް ވާދޫ ރައްޔިތުންގެ ފަރާތުން 26،000 އަށްވުރެ ގިނަ ރުފިޔާ އެއްކޮށްފި އެވެ.
މިއީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވާދޫގެ ހުރިހާ މުވައްސަސާއެއް ގުޅިގެން ކުރިއަށް ގެންދިޔަ ފަންޑު ހޯދުމުގެ ހަރަކާތަށް ލިބުނު ފައިސާގެ އަދަދެވެ.
މި ހަރަކާތުގެ ދަށުން، ވާދޫގެ 3 ސަރަހައްދެއްގައި ފަންޑު ފޮށި ބެހެއްޓިއެވެ. އެއީ ރ. ވާދޫ ސިއްހީ މަރުކަޒާއި، ރ. ވާދޫ ކައުންސިލްގެ އިދާރާގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ރ. ވާދޫ އޮފީސް ހުންނަ އިމާރާތުގައެވެ.
މި ހުރިހާ ފަންޑު ފޮށިތަކެއްގެ ފައިސާ އެއްކުރުމުން ޖުމުލަ އަރާފައި ވަނީ 26838 ރުފިޔާ އަށެވެ.
މި ހަރަކާތުގައި ފޯކަލް ޕޮއިންޓުންގެ ގޮތުގައި ހަރަކާތްތެރިވީ ވާދޫ ސްކޫލްގެ ފަރާތުން އިބްރާހިމް ސުޖާއު، ވާދޫ ސިއްހީ މަރުކަޒުގެ ފަރާތުން އަހުމަދު އަފްރާހު، ވާދޫ ފެނަކަ ގޮފީގެ ފަރާތުން އަބްދުލް މަތީން އަދި ކޯޓުގެ ފަރާތުން މުހައްމަދު ޒަކަރިއްޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް