ރައީސް ސޯލިހު މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ހަމަޖައްސައިފި އެވެ. މިކަން ހާމަ ކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ކުރެއްވި ޓ...

08 Jun 2021 | 08:16

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ހަމަޖައްސައިފި އެވެ.

މިކަން ހާމަ ކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ކުރެއްވި ޓުވީޓެއްގައި އެވެ. މަބްރޫކް ވިދާޅުވީ ރައީސް ބައިވެރިވެވަޑައިގެންނަވާ ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 4:30 ގައި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ކޯވިޑް-19 އާއި ގުޅޭގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވާނެ ކަމަށް ވިދާޅުވި އެވެ. އަދި ކޯވިޑް ކޮންޓްރޯލް ކުރުމަށް ގައުމީ ފެންވަރުވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލް ދެއްވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

https://twitter.com/MvSpokesperson/status/1402169507951517699

ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް އެންމެ ފަހުން ރައީސް ނޫސްވެރިންނާއި ބައްދަލު ކުރެއްވީ މިދިޔަ މަހުގެ25 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް