ލ. އަތޮޅު ކޯވިޑް މެޖޭންމެންޓް ފެސިލިޓިގައި ކޯވިޑަށް ފަރުވާ ދެމުންް ދިޔަ މީހަކު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 9:13 ގައި އެވެ.
މަރުވި އިރު ފަރުވާ ދެމުން ދިޔައީ ލ. ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެވެ.
މިއީ އެ ފެސިލިޓީގައި މަރުވި ތިން ވަނަ މީހާ އެވެ. މީގެ ކުރިން މަރުވެފައިވަނީ އެ އަތޮޅު މާވަށު މީހަކާއި ގަމު މީހެކެވެ.
މިއީ މިއަދު ރާއްޖެއިން ކޯވިޑްގައި މަރުވި ފުރަތަމަ މީހާ އެވެ. އަދި ރާއްޖެއިން ކޯވިޑްގައި މަރުވި189 ވަނަ މީހާ އެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑަށް 68،502 މީހުން ޕޮސިޓިވްވެ އެވެ. އޭގެ ތެރެއިން 18،462 މީހުންނަށް ދަނީ ކޯވިޑް ޖެހިގެން ފަރުވާ ދެމުންނެވެ.
ބަލިން ރަނގަޅުވެފައިވަނީ 49،844 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް