ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން، "ދަންޖައްސައި، މަރައިލިޔަސް ފާފަ ނުވާނެ" ކަމަށް ވިދާޅުވެ، އޭނާ މެރުމަށް ހިތްވަރު ލިބޭ ގޮތަށް މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވާހަކަ ދެއްކެވި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ ހިސާން ދަންޖައްސަން ޖެހޭ ކަމާއި އޭނާ މަރައިލިޔަސް ފާފަ ނުވާނެ ކަމަށް ސިޔާމް ވިދާޅުވި މައްސަލައެއް ހިސާންގެ ފަރާތުން މަޖިލިސް ރައީސްގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އެކަން ހިނގާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު މަޖިލީހުގެ 241 ކޮމިޓީ ބައްދަލުވުން ނިމުނު ވަގުތު ކަމަށާއި ހިސާންއާ މުހާތަބު ކުރައްވާ ވާހަކަ ދެއްކެވިގޮތް ކުށްވެރި ކުރައްވާ ކަމަށް އަފީފް ވިދާޅުވި އެވެ.
އެ މައްސަލަ ބަލަން ޑިފެންސް މިނިސްޓްރީ އާއި ފުލުހުންނަށް ފޮނުވާފައިވާ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.
މީގެ އިތުރުން މި މައްސަލަ މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން އިމްތިޔާޒް އަދި ސުލޫކް ކޮމިޓީއަށް ވެސް ފޮނުވައިފައިވާ ކަމަށް އަފީފް ވިދާޅުވި އެވެ.
ސިޔާމް ހިސާނަށް ނިސްބަތްކުރައްވައި މިހެން ވިދާޅުވީ 241 ކޮމިޓީ ބައްދަލުވުމަށް ފަހު އެމްޑީޕީ މެންބަރުންނަށް ފާޑު ވިދާޅުވެ ދެއްކެވި ވާހަކަތަކެއްގެ ތެރެއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް