އެހެން މީހުންނާ ދޭތެރޭ ގޯސްކޮށް ވިސްނުމަކީ ޝައިތާނީ ކަމެއް: މުފްތީ މެންކް

އެހެން މީހުންނާ ދޭތެރޭ ގޯސްކޮށް ވިސްނުމަކީ ޝާއިތާނީ ކަމެއް ކަމަށް ޒިމްބާބޭއަށް އުފަން މަޝްހޫރު އިސްލާމް ދީނުގެ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ. މުފްތީ މެންކް ވިދާޅުވީ، އަބަދު ވެސް ވިސްނަން...

08 Jun 2021 | 06:24

އެހެން މީހުންނާ ދޭތެރޭ ގޯސްކޮށް ވިސްނުމަކީ ޝާއިތާނީ ކަމެއް ކަމަށް ޒިމްބާބޭއަށް އުފަން މަޝްހޫރު އިސްލާމް ދީނުގެ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް ވިދާޅުވީ، އަބަދު ވެސް ވިސްނަންވީ، ރަނގަޅު، ފައްސި، އަދި އަގުހުރި ކަންކަމާމެދުގައި ކަމަށެވެ. އޭގެ ބަދަލުގައި އެހެން މިޙުންގެ އަގުވެއްޓޭ ޒާތުގެ ކަންކަމާއި، ގޯސް ކަންކަމާއި މެދު ވިސްނުމަކީ އެ މީހުންނާ މެދުގައި ތިމާގެ ތަސައްވުރު ގޯސްވެގެންދާނެ ކަމެއް ކަމަށެވެ. މެންކް ވިދާޅުވީ، އެއީ ޝާއިތާނީ ކަމެއް ކަމަށެވެ

މުފްތީ މެންކް ވަނީ މީހުން އިންސާފުކުރުމުގައި ގޯސްގޮތް ނުގެންގުޅުމަށް ވެސް ނަސޭހަތްތެރިވިއެވެ. އަދި އަބަދު ވެސް ވިސްނަން ވީ ފައްސިކޮށް ކަމަށާއި ނޫން ނަމަ އެންމެނާ މެދު ވެސް ދެކެވޭނީ ގޯސް ނަޒަރަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

މުފްތީ މެންކަކީ މީސްމީޑިޔާގައި ގިނަ ބަޔަކު ފޮލޯކުރާ ވަރުގަދަ އިލްމުވެރިއެކެވެ، ޓްވިޓާގައި އެަކަނި ވެސް 8 މިލިއަނާ ގާތްކުރާ އަދަދަކަށް މީހުން އޭނާއަށް ފޮލޯކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް