މާދިހުގެ ކުށްލި މަރު: މާޒިޔާ އަދި މުޅި ކުޅިވަރު އާއިލާ އަށް ހިތާމަ!

ދިވެހިރާއްޖޭގެ ކުޅިވަރު ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މާދިހު އިސްމާއިލް ކުއްލި ގޮތަކަށް ރޭ ނިޔާވެއްޖެ އެވެ. އޭނާ ނިޔާވެފައި ވަނީ ރޭގެ ވަގުތެއްގައި، ހާލު ދެރަވެގެން އައިޖީއެމްއެޗް ހޮސްޕ...

08 Jun 2021 | 06:21

ދިވެހިރާއްޖޭގެ ކުޅިވަރު ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މާދިހު އިސްމާއިލް ކުއްލި ގޮތަކަށް ރޭ ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވެފައި ވަނީ ރޭގެ ވަގުތެއްގައި، ހާލު ދެރަވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ސްޕޯޓްސް ކޯޑިނޭޓަރެއްގެ ވަޒީފާ އަދާކުރައްވަމުން ދިޔަ މާދިހު ވަނީ މާޒިޔާގައި ފިޒިއޯތެރަޕިސްޓްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ.

https://twitter.com/MaziyaSr/status/1402061949139963905

ފުޓްބޯޅައިގެ އިތުރުން މާދިހު ވަނީ ކްރިކެޓަށް ވެސް ޚިދުމަތްކޮށްފައެވެ. އެ ގޮތުން. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އަށް ގިނަ ހިދުމަތްތަކެއް ކުރައްވައިފައި ވެ އެވެ. އެގޮ

އެ އެސޯސިއޭޝަންގެ ނައިބު ރައީސްކަން ވެސް އޭނާ އަދާކުރެއްވި އެވެ. އަދި އެފްއޭއެމްގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރުކަމާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ވައިސް ޗެއާޕާސަން ކަމުގެ މަގާމާއި ނެޓް ބޯލް އެސޯސިއޭޝަންގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރުކަން ވެސް އަދާކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް