ރައީސް ޞާލިޙުގެ ހާރިޖީ ސިޔާސަތު މުޅި ދުނިޔެ ބަލައިގެންފި: މައުސޫމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ހާރިޖީ ސިޔާސަތު މުޅި ދުނިޔެ އިން ބަލައިގެންފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ ...

08 Jun 2021 | 05:39

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ހާރިޖީ ސިޔާސަތު މުޅި ދުނިޔެ އިން ބަލައިގެންފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ އދ ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބުވުމާ ގުޅިގެންނެވެ. ޝާހިދު މި އިންތިހާބު ކާމިޔާބު ކުރެއްވީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލް އާއި ވާދަކޮށެވެ. ރޭ ބޭއްވި އިންތިހާބުގައި ޝާހިދު އިންތިހާބު ކާމިޔާބު ކުރެއްވީ 143 ވޯޓާއެކުއެވެ.

މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭގެ ޤައުމުތަކާ ޖަމިއްޔާތަކާ ރާއްޖެ ރުޅިވެ، ބޮޑާ ހޭކި ދުވަސްތަކެއް ވެސް ފެނިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް މިއަދު ފެންނަނީ ރައީސް ޞާލިޙުގެ ޚާރިޖީ ސިޔާސަތު މުޅި ދުނިޔެ އިން ބަލައިގަނެ، ރާއްޖެއަކީ ދުނިޔޭގެ ބެސްޓީއަކަށް ވީތަން ކަމަށް މައުސޫމް ވިދާޅުވިއެވެ.

https://twitter.com/Mausoom_Maus/status/1401978828956704785

އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލުކޮށްފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

މި އިންތިހާބު ޝާހިދު ކާމިޔާބު ކުރެއްވިއިރު، އިންތިހާބުގެ ކެމްޕެއިނަށް ބަޖެޓުގައި 4.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް