ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް މުހައްމަދު ނަޝީދާއި މެދު އަމަލު ކުރަމުންދަނީ ވަރަށް އިހާނެތިކޮށް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ޖަމީލު މިހެން ވިދާޅުވީ. ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ ނަޝީދު އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ އެމްޑީޕީގެ މެމްބަރުންގެ ވޯޓާއެކު ބޭރުކޮށްލުމުން އެ ޕާޓީގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކައް އުފެދި ދަނޑިވަޅެއްގައެވެ.
މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިކަން ކުރާ ޕާޓީގެ ރައީސް އަދި އެމްޑީގެ ވިންދު ކަމަށްވާ ނަޝީދު އެ މައްސަލަ ބަލަން ހުށަހެޅުއްވުމަކީ ސަމާސާއަކަށް ނަގާވަރު ކަމެއް ނޫންކަމަށެވެ. މަލީހު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ރައީރައީސް ނަޝީދާއި މެދު އަމަލު ކުރެވެމުންދަނީ އިހާނެތިކޮށް ކަމަށެވެ.
https://twitter.com/maleehjamal/status/1401981438761734144
އެ މައްސަލަ ބޭރުކޮށްލުމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދުގެ ފަރާތްޕުޅުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ މެސެޖެއް ފޮނުއްވާފައެވެ.
"މިއީ ރައީސް ނަޝީދު. ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 އަށް ހާޒިރު ވިޔަ ނުދޭން މަސައްކަތް ކުރައްވާ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭ. ކޮންމެ ކަމެއްތޯ ތިޔަ ސިއްރު ކުރައްވަން ތިޔަ އުޅުއްވަނީ" ނަޝީދުގެ މެސެޖުގައި ވެއެވެ.
އެކަމާ ގުޅިގެން މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަން ކުރާ ޕާޓީގެ ރައީސް އަދި އެމްޑީޕީގެ ވިންދު އެގޮތަށް ވިދާޅުވުމަކީ ސަމާސާޔަކަށް ނަގާވަރު ކަމެއް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް