މާލޭ ރައްޔިތުން ޕިކްނިކް ދާން ސިޓީ ކައުންސިލުންް ހަމަޖައްސަން ބޭނުން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ގުޅާ ލާފައިވާ ފަރުކޮޅުފުށި ކަމަށް ބުނެފި އެވެ.
މިހާރު ފަރުކޮޅުފުށި ބޭނުންް ކުރަމުންދަނީ މާލެ ސަރަހައްދުން ކޯވިޑް ޖެހޭ މީހުން އައިސޮލޭޓް ކުރާ ފެސިލިޓީއެއްގެ ގޮތުގައި އެވެ. އެރަށް ކަނޑައަޅާފައި އޮންނަނީ ފަޅުރަށެއްގެ ގޮތުުގައި އެވެ.
މާލޭ ސިޓީ ކައުންސިލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ، މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭ ރައްޔިތުން ޕިކްނިކްދާން އެންމެ އެކަށީގެންވަނީ އެ ރަށަށް ކަމަށްވާތީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެތަން ބޭނުން ކުރުމަށް އެޗްޑީސީ އާއި ވާހަކަދައްކަންް ޖެހެނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މިލްކުވެރިޔަކީ އެ ކުންފުނި ކަމަށްވާތީ އެވެ.
ޑރ. މުއިއްޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުގެ އިހުތިސޯސްގެ ތެރޭ އޮތް ފަަރުކޮޅުފުށި އޮތީ ފަޅުރަށެއްގެ ގޮތުގައި ކަމަށެވެ. އެހެން ކަމުން ހުޅުމާލޭ ދެވަނަ ފިޔަވައްސާ އެއްކޮށްލާފައިވާ އެ ރަށުގައި ކުރާ ކޮންމެ ކަމަކީ މާލޭގެ ރައްޔިތުންނަށް އޭގެ މާލީ ފައިދާ ވާންޖެހޭނެ ކަމެއް ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމުގެ މިލްކުވެރިޔަކީ އެޗްޑީސީ ކަމަށްވާއިރު އެޗްޑީސީއާ ވާހަކަ ދައްކައިގެން އެތަނުން ލިބޭ ފައިދާ ރައްޔިތުންނަށް ލިބޭނެ ގޮތަށް މަސައްކަތްކުރަން ކައުންސިލުގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ ފަރުކޮޅުފުށީގައި އެއްވެސް ކަމެއް ކުރާ ނަމަ އެކަމުގައި ސިޓީ ކައުންސިލުގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށެވެ.
މީގެ ކުރިން ފަރުކޮޅުފުއްޓަކީ ރިސޯޓެއް ހިންގި ރަށެކެވެ. ކޯވިޑް ފެސިލިޓީއަށް ބަދަލުކުރުމުގެ ކުރިން އެތަން އެކި އިވެންޓުތަކާއި ހަފްލާތައް ބޭއްވުމަށް ދޫކޮށްފައިވެ އެވެ.
އެކަމަކު އެތަނުގަގައި ރިސޯޓު ހިންގުން ހުއްޓާލި ފަހުން ހައްލު ކުރަން އުނދަގޫވެފައިވާ ބޮޑު މައްސަލައަކީ މަދިރީގެ މައްސަލަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް