މާލޭ މަގުމަތީގައި އުޅޭ ބުޅާތައް ގެންގުޅެން ފެސިލިޓީއެއް ހަދަނީ!

ގޭގައި ގެންގުޅެން ނޫންގޮތްގޮތަށް މާލޭގެ މަގުތަކުގައި އުޅޭ ބުޅަލުގެ އުނދަގޫތައް އާއްމުންނަށް ފޯރުމަކީ މާލޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ. އެހެންކަމުން މ...

08 Jun 2021 | 03:32

ގޭގައި ގެންގުޅެން ނޫންގޮތްގޮތަށް މާލޭގެ މަގުތަކުގައި އުޅޭ ބުޅަލުގެ އުނދަގޫތައް އާއްމުންނަށް ފޯރުމަކީ މާލޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

އެހެންކަމުން މިކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފަށާނެކަމަށް، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ ބުޅަލަކީ އަޅާލަން ޖެހޭ، ރައްކާތެރިކަން ލިބެންޖެހޭ ޖަނަވާރެއް ކަމަށެވެ.

އެހެންވީމަ އެ ބުޅަލާ މެދުގައި އިންސާނިއްޔަތުކަމާ އެކީގައި ކަންތައްތައް ކުރެވޭނެ ގޮތް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ކަމާބެހޭ މާހިރުންގެ ލަފަޔާއެކީގައި ހެދިފައި ހުރި ގާނޫނީ އިމުގެ ތެރެއިން، މާލެ ސިޓީގެ ތެރޭގައި، އާއްމުންނަށް މިހާރު މި އުނދަގޫވާ ގޮތަށް މިއޮތް ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ކުރަން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޑ. މުއިއްޒު ވިދާޅުވި އެވެ.

މާގުމަތީގައި އުޅޭ ބުޅަމުގެ މައްސަލަ ހައްލު ކުރުމަށް މިދިޔަ މިދިޔަ ކައުންސިލުންވެސް މަސައްކަތްތަކެއް ކޮށްފައިވެ އެވެ. ޑރ. މުއިއްޒު ވިދާޅުވީ އެ މަސައްކަތްތަކާއި އެޗްޑީސީގެ މަޝްވަރާއާ އެކު އެކަމަށް ހާއްސަ ފެސިލިޓީއެއް ގާއިމުކުރުމަށް ވިސްނަވާ ކަމަށެވެ.

އަދި ބުޅާ ގެންގުޅޭ ފަރާތްތަކުގެ ލަފަޔާ އެކީގައި އެކަމަށް އެންމެ ޕްރޮފެޝަނަލް ހައްލެއް ގެނެސްދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ..

އިތުރަށް މުއިއްޒު ވިދާޅުވީ، ހުރިހާ ފަރާތްތަކުންވެސް ހިތްހަމަޖެހޭ ފަދަ ހައްލެއް، ބުޅަލުމުގެ މައްސަލައިގަ ފެނިގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް