ހެންވޭރު އަމީރުއަހުމަދު ސްކޫލް ހިންގާ ބިން 35 އަހަރަށް އެޑިއުކޭޝަން މިނިސްޓްރިއަށް ދޭން މާލޭ ސިޓީ ކައުންސިލުން ނިިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ބިން މިނިސްޓްރީއަށް ދޭން ނިންމީ ކައުންސިލް މެމްބަރުންގެ އިއްތިފާގުން ކަމަށެވެ. އެކަމާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމީ އަމީރު އަހުމަދު ސްކޫލުގެ ބިން އެޑިއުކޭޝަން މިނިސްޓްރީއަށް ދިނުމަށް އެ މިނިސްޓްރީ އާއި ރައީސް އޮފީހުން އެދެމުންދާތީ ކަމަށެވެ.
އެ ބިން އެޑިއުކޭޝަން މިނިސްޓްރީއަށް ދެނީ ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން ތައުލީމު ފޯރުކޮށްދޭ މަރުކަޒެއް ހިންގައި ބަލަހައްޓަންށެވެ. އެ ސްކޫލްގެ ބިމުގެ ގޮތުގައި ހިމެނެނީ މަދަރުސަތުލް އަމީރު އަހުމަދާއި އަމީރު އަހުމަދު ޕްރީ ސްކޫލް އަދި ހެންވޭރު އަވަށު އޮފީސް ހިންގި ބިންތަކެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެ ބިން ދޭން ނިންމި ސަބަބުތަކުގެ ތެރޭގައި ތުއްތު ކުދިންނާއި ސްކޫލަށް ދާ ކުދިން، ހާއްސަކޮށް އަމީރު އަހުމަދާއި ހެންވޭރު ޕްރީ ސްކޫލުގައި ތިބި ދަރިވަރުން އަދި އާއިލާތަކަށް ވަރަށް ދިމާވަމުންދާ ދަތިތައް ހިމެނެ އެވެ.
މިހާރު އެ ބިންތަކުގައި ސްކޫލްތައް ހިންގަމުން އަންނަނީ އައިލެންޑާސް އެޑިއުކޭޝަނުންނެވެ.
އަމީރު އަހުމަދު ސްކޫލް ހިންގާ ބިން ތަކަކީ ގާނޫނީ ބެލެނިވެރިކަމުގެ މައްސަލަ ދިމާވެފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ބިންތަކެކެވެ. އެހެންވެ އެ ތިންް ބުމުގެ ތެރެއިން ހެންވޭރު އަވަށު އޮފިސް ހިންގި ބިމުގައި އެއްވެސް ކަމެއް މިހާރު ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް