ހޮލީވުޑްގެ އެކްޓްރެސް ސީލާ ބޭންސް މަގު ހުރަސް ކުރަނިކޮށް ދުއްވާފައި ދިޔަ ސްކޫޓަރަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިންގައިފި އެވެ.
އުމުރުން 65 އަހަރުގެ ލީސާގެ މެނޭޖަރު ޑޭވިޑް ވިލިއަމް ބުނީ އެކްސިޑެންޓު ހިނގީ ޓްރެފިކް ލައިޓް ރަތްކޮށް ހުއްޓަ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްކޫޓަރަކުން ޖެހި ކަމަށެވެ. އަދި އެކްސިޑެންޓުވުން މަޑުނުކޮށް ޑްރައިވަރު ފިލާފައިވާ ކަމަށެވެ.
މި ހާދިސާގައިލިސާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު ހާލު ވަރަށް ސީރިއަސް ކަމަށްވެ އެވެ. ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް ހާމައެއް ނުކުރެ އެވެ.
މި ހާދިސާ ހިނގި އެމެރިކާގެ ނިއުޔޯފް ފުލުހުން ބުނެފައިވަނީ މިހާތަނަށް ބެލިބެލުމުން އެމީހާ ސައިކަލް ދުއްވާފައިވަނީ ޓްރެފިކް ލައިޓް ރަތްކޮށް އިންކަން އެނގި ހުރެ ގަސްދުގައި އެވެ. އެކަމަކު ސްކޫޓަރު ދުއްވި މީހާ ހައްޔަރު ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ލީސާގެ ފަހުގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި 2014 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ގޯން ގާލް" އާއި 2015 ވަނަ އަހަރު ރިލީސް ކުރި ފިލްމު " ކޮކްޓެއިލް އެންޑް ޑްރީމް" ހިމެނެ އެވެ.
އޭނާ އަކީ 1980 ވަނަ އަހަރުން ފެށިގެން ހޮލީވުޑްގައި މަސައްކަތް ކުރަމުން އަންނަ ފަންނާނެ ކަމަށެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް