ސަފާރިއަކުން މޫދަށް ފޭބި ދިވެއްސެއް ނިޔާވެއްޖެއެވެ.
ޖޫން7 ވޯ ހޯމަ ދުވަހުގެ ރޭ22:30 ހާއިރު އދ. ދަނގެތި ފަޅުގައި އޮތް 'ބްލޫ ފޯސް1" ސަފާރީއިން މޫދަށް ފޭބި މީހެއް ނިޔާވެފައި ވާކަމަށް ފުލުހުން ވަނީ ޔަޤީންކޮށްދީފައެވެ.
ފުލުހުން ބުނީ، މޫދަށް ފައިބާފައި ވަނީ، ރ. އިނގުރައިދޫ ވެސްޓް ބީޗް، މުމްތާޒް ހުސެއިން (32އ)ކަމަށެވެ.
މޫދަށް ފޭބި މުމްތާޒްގެ ހަބަރެއް ނުވެގެން ބެލި އިރު އޭނާ ފެނިފައިވަނީ ސަފާރީއާދިމާ މޫދު އަޑީގައި އޮއްވައެވެ. މުމްތާޒް ނެގިއިރު އެއްވެސް ހަރަކާތެއް ނެތް ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.
މުމްތާޒް އދ. ދަނގެތީ ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވިއެވެ.
މީ މިއަދި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ. އެންދަމަން ފޭބި ދިވެއްސެއް ވެސް މިއަދު ނިޔާވެފައި ވެއެވެ.
‘ދުވަސް’ އަށް މައުލޫމާތު ދެއްވަމުން ފުލުސް މީޑިޔާ އޮފިޝަލް ވިދާޅުވެފައި ވަނީ، މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު4:40 އެހާކަންހާއިރު ކަމަށެވެ.
ގއ. ދެއްވަދޫ ކައިރިން އެންދަމަން ފޭބި މީހެއްކެ ހާލު ދެރަވެގެން ދެއްވަދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ސިއްޙީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައި ކަމަށް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ59 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް