ލ ދަނބިދޫ ބޭރު ނެރު ކައިރީގައި މުދާ އުފުލާ ބޯޓެއް ދިޔަވެ އަޑިއަށް ދާން ފެށުމުން މުދާ ސަލާމަތް ކުރުމުގެ މަސައްކަތް ދަނބިދޫ ރައްޔިތުން ފަށައިފި އެވެ.
ދުވަހަށް މައުލޫމާތު ދެމުން ދަނބިދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ ހާދިސާ ހިނގީ އިރު އޮއްސުނު ވަގުތު ކަމަށާއި އެ ބޯޓަކީ އެ ރަށު ބޯޓެއް ކަމުގައިވާ ބަސްމަލާ ބޯޓު ކަމަށެވެ.
"ނެރުން ވަންނަން އުޅުމުގެ ތެރޭގައި ގަލެއްގައި ޖެހި ދޯނިން ތަންގަނޑެއް ފަޅައިގެން ދިޔަކަމަށް މައުލޫމާތު ލިބެނީ، އަޑިއަށް ދާން ފެށުމުން ދޯނި މިހާރު އެއޮތީ ފަރު މައްޗަށް ބީއްސާލާފައިކަމުގައިވެސް މައުލޫމާތު ލިބޭ، މިހާރު ރަށުގެ ރައްޔިތުން މަސައްކަތް ކުރަނީ އެ ދޯނިން ގެނައި މުދާ ސަލާމަތް ކުރުމަށް" ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
ބަސްމަލާ ބޯޓަކީ ލ އަތޮޅުގެ ރަށްތަކާއި މާލެއާއި ދޭތެރޭގައި ދަތުރުކުރާ މުދާ އުފުލާ ބޯޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް