ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތުގައި، ކުރީގެ ޑިފެންސް މިނިސްޓަރުގެ ކޮއްކޮ އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އާޒިމް ހައްޔަރު ކޮށްފައިވަނީ ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ކަމަށެވެ.
އާޒިމް ހައްޔަރު ކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވާގޮތުގައި އާޒިމް ހައްޔަރު ކުރެވެނީ ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ހިލާފަށް ބަދަލުކޮށްލަން ހިތްވަރުލިބޭފަދަ ގޮތަކަށް ވާހަކަ ދައްކާ، ރާއްޖޭގެ ޝަރުއީ ނިޒާމާއިމެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދާ އިތުބާރު ގެއްލުވާލުމަށް މަސައްކަތް ކޮށް، ދޮގު މައުލޫމާތު ފަތުރައި ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކާފައިވާކަމަށް ތުހުމަތު ކުރެވޭތީ މި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމަށް މަސައްކަތްކޮށްފާނެތީ އާއި އަދި އާޒިމް މުޖްތަމައު ތެރެއަށް ދޫކޮށްފައި ބެހެއްޓުމަކީ އާޒިމްގެ ފަރާތުން މުޖްތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ފެންނާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް