ބޭނުންވާނެ ތަކެތި
( މަސް ގުޅައަށް ބޭނުންވާ ތަކެތި )
ކަނޑުމަސް ( ހިމުން ކޮށްފައި )
1 ފިޔާ
1 އިންޗި އިގުރު
1 ސައިސަމުސާ ހަވާދު
1 ސައިސަމުސާ ތެޅިމިރުސް
2 ލޮނުމެދު
1 ސައިސަމުސާ ލޮނު
ހިކަނދިފަތް
( ރިހައަށް ބޭނުންވާ ތަކެތި )
3 މޭޒުމަތީ ސަމުސާ ގިތެޔޮ
2 ބޮޑުފިޔާ
2 ލޮނުމެދު
1 އިންޗި އިގުރު
2/1 ބޮޑުމިރުސް ނުވަތަ ރޯމިރުސް
2 ޓޮމާޓޯ
2 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް
1 ޖޯޑުފެން، މީގެ ތެރެއަށް 2 ސުރުވާބުރި އެއްކޮށްފައި
1 ސައިސަމުސާ ތެޅިމިރުސް
1 މޭޒުމަތީ ސަމުސާ މުގުރި ކޮތަންބިރި
2 ސައިސަމުސާ ހަވާދު
1 ޖޯޑު ބޯކިރު
1 ޖޯޑު ފެންކިރު
ހިކަނދިފަތް
ހައްދަވާނެގޮތް
މަސް ގުޅަ ހެއްދެވުމަށްޓަކައި ފިޔާ، ލޮނުމެދު، ހިކަނދިފަތް، ހަވާދު، ތެޅިމިރުސް، އިނގުރާ އަދި ލޮނު އަޅުއްވައިގެން މިކްސްޗަރުން ހިމުންކޮށް ލައްވާށެވެ. ދެން ބޯތައްޓެއްގެ ތެރެއަށް މަހާއި މި ހަވާދު އަޅުއްވައިގެން ރަގަޅަށް މޮޑުއްވުމަށްފަހު، ހެޔޮވަރުގެ ކުދި ގުޅަ ޖައްސަވާށެވެ. ރިހައަށް ބޭނުންވާ ފިޔައާއި، ލޮނުމެދާ، އިގުރާ އަދި ޓޮމާޓޯ ކުދިކޮށް ކޮއްޓަވާށެވެ. ގިތެޔޮ ނުވަތަ ތެޔޮ ހޫނު ކުރެއްވުމަށްފަހު، މަސް ގުޅަ ރަތްކުލަ ޖަހަންދެން ތެލުލައްވާށެވެ. ދެން އެއްކައިރީގައި ބަހައްޓަވާށެވެ. ހަމަ އެ ތެޔޮފޮދު ތެރެއަށް ވިލާތު ބައްޓާއި،ފިޔާ، ހިކަނދިފަތް އަދި ރޯމިރުސް އަޅުއްވާ މީރުކޮށްލައްވާށެވެ. އެއައްފަހު ކޮތަންބިރި، ތެޅިމިރުސް އަދި ސުރުވާ އަޅުއްވާފައި ހުރި ފެން އަޅުއްވާށެވެ. ދެން މަތި ޖަހައިގެން 5 މިނިޓް ވަންދެން ކައްކަވާށެވެ. ދެން ފެންކިރާއި ހަވާދު، ޓޮމާޓޯ ޕޭސްޓް، ލޮނު އަދި މަސް ގުޅަތައް އޭގެ ތެރެއަށް އަޅުއްވައިގެން އަނެއްކާ ވެސް 5 މިނިޓް ވަންދެން ކައްކަވާށެވެ. އެންމެ ފަހުން ބޯކިރު އަޅުއްވާ ލޮނު ހެޔޮވަރު ކޮށްލައްވާ ދެތިން މިނިޓް ފަހުން، އުދުންމަތިން ބާލުއްވާށެވެ.
ދުވަހުގެ ރެސިޕީ ސެގްމެންޓަކީ ކާނާ.އައިއޯ އާއި ގުޅިގެން ކުރިއަށް ގެންދެވޭ ސެގްމެންޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް