ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މިއަދު މި ގެނެސްދޭ ރެސްޓޯރެންޓަކީ ފަރީދީ މަގުގައި ހުންނަ ދަ އޮލިވް ގާޑަން ރެސްޓޯރެންޓެވެ.
ދަ އޮލިވް ގާޑަން އިން މި ވަނީ މި ރަމަޟާން މަހަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފަ އެވެ. ރޯދަ ވީއްލުމަށް ކޮންމެ ދުވަހަކަށް ހާއްސަ ސެޓް މެނޫއެއް މިވަނީ އާއްމު ކޮށްފަ އެވެ.
ދަ އޮލިވް ގާޑަންގެ ރޯދަ ވީއްލުމުގެ މެނޫއަށް ބަލާލާއިރު މިކްސް ނޫޑްލްސް، ޗިކަން ޓީކާ މަސާލާ، އިޓަލިއަން ފިޝް ޕާސްތާ، ކަންކުން ބީފް، ޑެވިލްޑް ފިޝް، ޗިލީ ޗިކަން، ތައި ފިޝް ކަރީ، ބަޓަން ޗިކަން މަސާލާ އަދި ސިންގަޕޯރިއަން ނޫޑްލްސް ހިމަނާފައި ވެ އެވެ. މީގެ އިތުރުން ކޮންމެ ދުވަހަކަށް ތަފާތު ސެލެޑް ތަކާއި ޑެޒަޓްގެ އިތުރުން ތަފާތު ބުއިންތައް މެނޫގައި ހިމަނާފައި ވެ އެވެ.
ދަ އޮލިވް ގާޑަން އިން ރޯދަވީއްލުމުގެ އަގަކީ ބޮލަކަށް 250 ރުފިޔާ އެވެ. ރިޒަވޭޝަން ހެއްދެވުމަށް ގުޅުއްވާނެ ނަމްބަރަކީ 3320288 ނުވަތަ 7901919 އަށެވެ. ރޯދަ ވީއްލަން 11 މީހުން ދާނަމަ އެކަކަށް ޗާޖު ނުކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް