ކުރިއަށް އޮތް ރޯދަމަހު މާލެ އާއި މާލެ ކައިރި ސަރަހައްދުގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގަން ނިންމައި އެ ކަމަށް ތައްޔާރުވުމަށް ތަމްރީނުތަކެއް ފަށައިފި އެވެ.
ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އިސްމާއީލް ނަވީން ވިދާޅުވި ގޮތުގައި ރޯދަމަހު ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ނިންމީ ރައްޔިތުންނާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. އެހެންވެ، އެ ކަމަށް ތައްޔާރުވުމަށް މިއަދުން ފެށިގެން ރޯދަމަސް ފެށެން ދެން ހާއްސަ ތަމްރީނުތަކެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ތަމްރީނުތަކުގައި އިސްކަން ދެނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި ޓްރެފިކް ބެލެހެއްޓުމާއި މަގުމަތީގެ ތަރުތީބުތައް ދެމެހެއްޓުމުގެ އިތުރަށް، ރޯދަމަހު މާލެ އާއި މާލެ ހިމެނޭ ސަރަހައްދުގައި ހިނގާ ކުށްތައް މަދު ކުރުމަށެވެ.
ފުލުހުން ބުނީ މި ތަމްރީނުތައް މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލެ އާއި އެހެން ބައެއް ސަރަހައްދުތަކުގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
ކޮންމެ އަހަރެއްގެ ރޯދަމަހު ވެސް މުޅި ރާއްޖޭގައި ކުށްކުރުން އިތުރުވެ އެވެ. އޭގެ ތެރޭގައި ބޮޑަށް ހިމެނެނީ ވައްކަމާއި ފޭރުމުގެ މައްސަލަތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް