ގިނަ އަދަދެއްގެ ފައިސާއާ އެކު ހަށިވިއްކަން ތިބި ބަޔަކު ހައްޔަރުކޮށްފި

މ. ވުޑްޕެކާ ގެ ބަލާ ފާސްކޮށް ހަށިވިއްކަމުން ދިޔަ ބަޔަކު ގިނަ އަދެދެއްގެ ފައިސާ އާއި އެކު ފުލުހުން ހައްޔަރުކޮށްފި އެވެ. ފުލުހުން ރޭ 09:00 ހާއިރު ހިންގި އޮޕަރޭޝަންގައި އެ ގެ ބަލާ ފާސްކޮށް އަށް މީހަކު ހަ...

08 Jun 2015 | 03:54

މ. ވުޑްޕެކާ ގެ ބަލާ ފާސްކޮށް ހަށިވިއްކަމުން ދިޔަ ބަޔަކު ގިނަ އަދެދެއްގެ ފައިސާ އާއި އެކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ރޭ 09:00 ހާއިރު ހިންގި އޮޕަރޭޝަންގައި އެ ގެ ބަލާ ފާސްކޮށް އަށް މީހަކު ހައްޔަރު ކުރި އެވެ. އެއީ ހަށިވިއްކުމުގައި ހަރަކާތްތެރިވި ބިދޭސީ ތިން އަންހެނަކާއި އެ މީހުންނާ ހަވާލުވެގެން ތިބި ދެ ބިދޭސީ ފިރިހެން އެޖެންޓުންގެ އިތުރުން ދެ ބިދޭސީ ކަސްޓަމަރުންނާއި ދިވެހި ކަސްޓަމަރެކެވެ.

އެ އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ ގޭގެ ހަތަރު ކޮޓަރިއެއް ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ ދިވެހި ފައިސާ އާއި ބޭރު ފައިސާ ފެނުނެވެ. އަދި ޖިންސީ ގުޅުން ހިންގުމަށް ބޭނުންކުރާ އެކި ވައްތަރުގެ ބޭހާއި އާލާތްތައް ވެސް އެ ގެ އިން އަތުލައިގަތް ކަމަށް ފުލުހުން ބުންޏެވެ.

އެހެން ނަމަވެސް، އެ ގެއިން އަތުލައިގަތް ފައިސާގެ އަދަދެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

"ފުލުހުން މ. ވުޑްޕެކާ އަށް ވަތްއިރު އެ ގޭގައި ހަށިވިއްކުމުގެ އަމަލު ހިންގައި ވިޔަފާރި ކުރި އަށް ދިޔަ އެވެ،" އެ ބަޔާނުގައިވެ އެވެ.

މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް