އިމްރާން މާލެ ގެނެސް ފަރުވާދީފި

ފުލުހުންގެ ބަންދުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ މާލެ ގެނެސް އިއްޔެ ފަރުވާ ދީފި އެވެ. އިމްރާން މާލެ ގެނެސް ފަރުވާދީފައިވާކަން ފުލުހުން ކަށަވަރުކޮށްދިނެވެ. ނަމަވެސް ފަރުވާ ...

08 Jun 2015 | 03:16

ފުލުހުންގެ ބަންދުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ މާލެ ގެނެސް އިއްޔެ ފަރުވާ ދީފި އެވެ.

އިމްރާން މާލެ ގެނެސް ފަރުވާދީފައިވާކަން ފުލުހުން ކަށަވަރުކޮށްދިނެވެ. ނަމަވެސް ފަރުވާ ދީފައިވަނީ ކޮން ތަނަކުން ކަމެއް އަދި ފަރުވާ ދިނީ ކޮން ކަމަކަށް ކަމެއް ފުލުހުން ނުބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިމްރާނަށް ފަރުވާ ދީފައިވަނީ ޕޮލިސް ކްލިނިކުންނާއި އައިޖީއެމްއެޗުންނެވެ.

އިމްރާން ބަންދުގައި ބަހައްޓަން ދައުލަތުން އެދުމުން އިމްރާންގެ ވަކީލުން ވަނީ އޭނާގެ ބަލި ހާލަތު ހުރި ގޮތުން އޭނާ ބަހައްޓަންޖެހޭނީ ގޭ ބަންދުގައި ކަމަށް ކޯޓުގައި ބުނެފަ އެވެ. ނަމަވެސް ކޯޓުން ނިންމީ އޭނާ ފުލުހުންގެ ބަންދުގައި ބެހެއްޓުމަށެވެ.

ނަމަވެސް ކުރިން ހައިކޯޓުން ވަނީ އިމްރާނެގ ބަލި ހާލަތަށް ބަލައި އޭނާ ބަހައްޓަން ޖެހޭނީ ގޭ ބަންދުގައި ކަމަށް ނިންމާފަ އެވެ.

ދައުލަތުން އިމްރާންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަށް އޭނާ ވަނީ އިންކާރު ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް