ހާދިސާ ހިނގިގޮތް ޔުމްނު ކިޔައިދީފި – ވެއްޓުނު އިރު ރައުދުގެ އިތުރުން ހަތަރު މީހަކު ތިބި ކަމަށް ޔުމްނު ބުނޭ: ޢާއިލާ

މިދިޔަ މަހުގެ 18ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މަތިން ފެނުނު ހައްވާ ޔުމްނު ރަޝީދު ހ. ފެންޓެނޯއީ ގެއިން ވެއްޓުނު އިރު އެތާނގައި ރައުދުގެ އިތުރުން ހަތަރު މީހަކު ތިބި ކަމަށް ޔުމްނު ބުނެފައިވާކަމަށް ޔު...

08 May 2025 | 17:45

މިދިޔަ މަހުގެ 18ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މަތިން ފެނުނު ހައްވާ ޔުމްނު ރަޝީދު ހ. ފެންޓެނޯއީ ގެއިން ވެއްޓުނު އިރު އެތާނގައި ރައުދުގެ އިތުރުން ހަތަރު މީހަކު ތިބި ކަމަށް ޔުމްނު ބުނެފައިވާކަމަށް ޔުމްނުގެ ޢާއިލާއިން ބުނެފިއެވެ.

ޗެނަލް 13 އާއި ރާއްޖެ ޓީވީ މެދުވެރިކޮށް ދުރަށް ދެއްކި ލައިވް އިންޓަވިއުއެއްގައި ޔުމްނުގެ ދައްތައަކު ބުނީ ޔުމްނު ކިޔާދިންގޮތުގައި އެ ގެއަކީވެސް ރެންޑަމް ގެއެއް ނޫންކަމަށެވެ. އެ ގެއަށް ދިޔައީ ޔައްސާރު ނަމަކަށް ކިޔާ މީހަކު ދިން ދަޢުވަތަކަށް ކަމަށެވެ. އަދި އެ ގޭގެ ލޮކޭޝަން ފޮނުވީވެސް ޔައްސާރު ކަމަށެވެ.

"ބުނެފަވަނީ ޔުމްނުގެ އަނގައިން، އެފަދަ ކަމެއް އަމިއްލައަށް ނުކުރަމޭ، އަމިއްލައަކަށް ނުވެއްޓެމޭ" ޔުމްނުގެ ޢާއިލާއިން މިރޭ ބުނެފައިވެއެވެ.

ޔުމްނުގެ ޢާއިލާއިން މިރޭ ވަނީ މި މައްސަލައިގާ ފުލުހުންނާއި މި މައްސަލަ ބަލަން އުފެއްދި ކޮމިޝަނުން ކަން ކުރަނީ ރަނގަޅަށް ނޫންކަމަށް ބުނެފައެވެ. އަދި އެ ކޮމިޝަނުން ޢާއިލާގެ ބަހެއް ހޯދާފައިނުވާކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް