ބީއެމްއެލް ވިސާކާޑުން ވިޔަފާރިކޮށްގެން ހަތަރު އާއިލާއަކަށް މެލޭޝިއާ ދަތުރު ލިބޭ ޕްރޮމޯޝަނެއް

ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ވިސާކާޑުން ވިޔަފާރިކޮށްގެން ބީއެމްއެލް ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާދައްކައިގެން  އާއިލާއާއެކު މެލޭޝިއާއަށް ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕ...

08 May 2025 | 08:51

ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ވިސާކާޑުން ވިޔަފާރިކޮށްގެން ބީއެމްއެލް ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާދައްކައިގެން  އާއިލާއާއެކު މެލޭޝިއާއަށް ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނުގެ މުއްދަތުގައި ހަތަރު އާއިލާއެއް ހޮވާނެއެވެ. މި ދަތުރުގައި ލިބޭ އިނާމަކީ

  • ހަތަރު މީހުންގެ ދެކޮޅު ޓިކެޓް
  • ހަތަރު ދުވަހުގެ ހުރުން
  • ދަތުރުގައި ބޭނުންކުރުމަށް 500 ޑޮލަރު

ބީއެމްއެލްއިން ބުނެފައިވާގޮތުގައި ޕްރޮމޯޝަނުގެ މުއްދަތުގައި ޖުމްލަ 5،000 ރުފިޔާގެ ވިޔަފާރި ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ 4 ޖޫންގެ ނިޔަލަށެވެ.

އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/win-a-family-trip-to-malaysia

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް