އިސްތިރި ނުކުރާ އަންނައުނު ލައިގެން ވަޒީފާއަށް ނިކުތުމަށް އިންޑިޔާއިން ބާރުއެޅުމުގެ ވިސްނުމެއް

އިސްތިރި ނުކުރާ އަންނައުނު ލުމަށް އިންޑިޔާއިން މުވައްޒަފުންނަށް ބާރުއެޅުމުގެ ގޮތުން ކެންޕެއިނެއް ކުރިޔަށް ގެންދަން ނިންމައިފިއެވެ. އިންޑިޔާގެ ވޭސްޓް ވޯރިއަރސް ސޮސައިޓީގެ ޗީފް އެކްޒެކިއުޓް އޮފިސަރ ވިޝާ...

08 May 2024 | 13:34

އިސްތިރި ނުކުރާ އަންނައުނު ލުމަށް އިންޑިޔާއިން މުވައްޒަފުންނަށް ބާރުއެޅުމުގެ ގޮތުން ކެންޕެއިނެއް ކުރިޔަށް ގެންދަން ނިންމައިފިއެވެ.

އިންޑިޔާގެ ވޭސްޓް ވޯރިއަރސް ސޮސައިޓީގެ ޗީފް އެކްޒެކިއުޓް އޮފިސަރ ވިޝާލް ކުމާރު ބުނީ އަންނައުނު އިސްތިރި ކުރުމަށް ބޭނުންކުރެވޭ ކަރަންޓުން އިސްތިކުރެވޭ ކޮންމެ އަންނައުނަކަށް 200 ގ ކާބަން ޑައިއޮކްސައިޑް ގޭސް ދޫކުރާ ކަމަށެވެ. އެގޮތުން ހަފްތާއަކަށް ފަސް އަންނައުނު އިސްތިރިކުރާނަމަ އަހަރަކަށް ބަލާނަމަ އެއީ، 7 މެއިލަށް އާދައިގެ ކާރެއް ދުއްވުމުން ދައުރުވާހާ ގޭހެވެ. މިކަމުގެ ސަބަބުން މޫސުމަށް ބޮޑެތި ބަދަލު ތަކެއް އަންނާނެ ކަމަށް ވިޝާލް ބުނެއެވެ. އެގޮތުން އިންޑިޔާގެ ކައުންސިލް އޮފް ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާޗް (ސީއެސްއައިއާރް) އިން އިސްނަގައިގެން މިވަނީ ތަފާތު ކެންޕޭނެއް ފަށާފައެވެ.  މި ކެންޕޭން  ކުރިއަށް ގެންދަނީ "ވަހް މަންޑޭ" ގެ ނަމުގައެވެ. ސީއެސްއައިއާރްއިން ބުނާ ގޮތުގައި އަންނައުނުގައި ހުންނަ ރުލަކީ ރީތި އެއްޗެކެވެ.

އެގޮތުން ކޮންމެ ހޯމަ ދުވަހެއްގައި "ވަހް މަންޑޭ"ގެ ކެންޕެއިން ކުރިއަށް ގެންދިޔުމަށް އިންޑިޔާއިން ވަނީ އިސްތިރިނުކޮށް އަންނައުނު ލައިގެން އޮފީހަށް ހާޒިރުވުމަށް މުވައްޒަފުންނަށް ބާރު އަޅާފައެވެ.

އިންޑިޔާއިން ބުނެފައިވަނީ، އަންނައުނު އިސްތިރިކުރެވޭ މިންވަރު މަދު ކުރުމަކީ ތިމާވެއްޓާ އެންމެ ރައްޓެހިގޮތްކަމަށެވެ.

މި ބަދަލަށް ކުރެވިދާނެ ކަންކަން ގޮތުގައި އިންޑިޔާއިން ފާހަގަކުރީ، އިސްތިރި ކުރަން ނުޖެހޭ ފޮތީގެ އަންނައުނު އިހުތިޔާރުކުރުން، އެއް ފަހަރު ލާ ހެދުން އަވީގައި އެޅުން(އޭގައި ވަހެއް ވާނަމަ އެ ވަސް ފިލުވުމުގެ ބޭނުމަށް، ތިމާވެއްޓާ ރައްޓެހި ދޮންނަ ކުނޑި އިހުތިޔާރުކުރުން ފަދަ ކަންކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް