މޫސުން ގޯސްވާނެކަމަށް ލަފާކޮށް މުޅިރާއްޖެށް މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލުނެރެފިއެވެ.
މި ސަމާލުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފައިވަނީ ބޯކޮށް ވާރެވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:30 އިން މިއަދު ހަވީރު 05:00 އަށެވެ.
އެހެން ކަމުން މޫސުމަށް ސަމާލުވުމަށް މެޓުންވަނީ ދަތުރުވެރިންނާއި އާއްމުނަށް އިލްތިމާސްކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް