ތިން ފިރިހެނަކާއި އަންހެނަކު ހާޒިރުވާން އަންގައި ފޮޓޯ އާންމުކޮށްފި

ފުލުހުން ބަލަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވާން އަންގައި ހަތަރު މީހެއްގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ، މަސް...

08 May 2024 | 07:31

ފުލުހުން ބަލަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވާން އަންގައި ހަތަރު މީހެއްގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތަހުގީގަށް ހަތަރު މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރީއެވެ.

އެ ހަތަރު މީހުންނަކީ އުމުރުން ހުޅުމާލެ، ފެއަރވިލެޖް، ގޯތި ނަންބަރު 11168، އުމުރުން 33 އަހަރުގެ އާމިނަތު ޝީޒާ އާއި ގއ. ކަނޑުހުޅުދޫ ފެހިއައްސޭރި، އުމުރުން 42 އަހަރުގެ ހަސަން ނަބީލް އާއި ތ. ތިމަރަފުށި، ބަނަފްސާގެ، އުމުރުން 46 އަހަރުގެ އީސާ އިބްރާހިމްފުޅުގެ އިތުރުން ކ.މާލެ، ހ. ދިޔަދޫ އުމުރުން 31 އަހަރުގެ ޔޫސުފް މުހައްމަދު ޒައީމެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި ހަތަރުމީހުން ހާޒިރުކުރަން ބޭނުންވަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށެވެ. ހާޒިރުވާންޖެހެނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 02:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް