ބޮޑު ވަޒީފާއެއް ދޭނެކަމަށްބުނެ ރާއްޖެ ގެނެސް ލޭބަރުކަން ކުރުވިކަމަށް ބުނާ މައްސަލައެއް އިންޑިއާ ޕޮލިހަށް

ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުންޏަކަށް އިލެކްޓްރިކަލް އިންޖިނޭރެއްގެ ގޮތުގައި ގެނައުމަށްފަހު ލޭބަރު މަސައްކަތްކުރުވިކަމަށް ބުނާ މައްސަލައެއް އިންޑިއާ ރައްޔިތަކު ޤައުމަށް އެނބުރިގޮސް އެ މައްސަލަ އިން...

08 May 2024 | 04:53

ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުންޏަކަށް އިލެކްޓްރިކަލް އިންޖިނޭރެއްގެ ގޮތުގައި ގެނައުމަށްފަހު ލޭބަރު މަސައްކަތްކުރުވިކަމަށް ބުނާ މައްސަލައެއް އިންޑިއާ ރައްޔިތަކު ޤައުމަށް އެނބުރިގޮސް އެ މައްސަލަ އިންޑިއާ ޕޮލިހަށް ހުށަހަޅައިފިއެވެ.

އުމުރުން 24 އަހަރުގެ އެހްސާން އަލީ ނަމަކަށްކިޔާ އެމީހާ އެ މައްސަލަ ހުށަހަޅާފައިވަނީ އިންޑިއާގެ ނިއު ދިއްލީއަށް ނިސްބަތްވާ ޖަގްދަމްބާ އޯވަސީސް އެމްޕްލޯއިމަންޓް އޭޖެންސީއާއި ޒަފަރުލްއަލީ ކިޔާ މީހަކާއި ދެކޮޅަށެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ އޭޖެންސީއިން ފަސް ލައްކަ އިންޑިއަން ރުޕީސް އެހްސާން އަލީ އަތުން ފީގެ ގޮތުގައި ނެގުމަށްފަހު ރާއްޖޭގެ ވޯކްޕާމިޓުގައި ރާއްޖެއަށް ފޮނުވާލީ އޭނާގެ ދާއިރާއިން ރަނގަޅު ވަޒީފާއެއް ދޭނެކަމަށް ބުނެއެވެ.

އެހްސާނަކީ 2020 ވަނަ އަހަރު ބީޓެކް ނިންމާފައިވާ ފަރާތެއްކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ރިޕޯޓްކޮށްފައިވާގޮތުގައި އޭނާ ގެނައީ އެފްއޭއެފް ކޮންސްޓްރަކްޝަން ކިޔާ ގްރޫޕަކަށެވެ. އަދި ދިން ވަޒީފާގެ ގޮތުގައި އިލެކްޓްރިކަލް އިންޖިނޭރު ޖަހާފައި އޮތްނަމަވެސް ކުރުވީ ލޭބަރު މަސައްކަތް ކަމަށާއި އެކަމާއި ހަޅުތާލުކުރުމުން ކެއުންބުއިމުންވެސް މަހްރޫމު ކުރިކަމަށް ބުނެފައިވެއެވެ.

އެހްސާން އަލުން އެނބުރި އިންޑިއާއަށް ދިޔައީ ބައެއް ދިވެހިންގެ އެހީތެރިކަމާއެކު އާއިލާއަށް ގުޅައި، އަދި އިންޑިއާ އެމްބަސީގެ އެހީތެރިކަން ހޯދައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް