ހައްޖު މޫސުމުގައި ހައްޖު ހުއްދަނެތި މައްކާއަށް ވަދެއްޖެނަމަ ބޮޑެތި އަދަބުތަކެއް

ހައްޖު މޫސުމުގެތެރޭގައި ހައްޖު ހުއްދައިގެ އުސޫލުތަކާއި ޚިލާފުވާ ފަރާތްތަކާއިމެދު ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ސައޫދީ ހައްޖު އަދި އުމްރާ މިނިސްޓްރީން ނިންމައިފިއެވެ. އެގޮތުން ޖޫން މަހުގެ ދެވަނަ ދުވަހ...

08 May 2024 | 02:02

ހައްޖު މޫސުމުގެތެރޭގައި ހައްޖު ހުއްދައިގެ އުސޫލުތަކާއި ޚިލާފުވާ ފަރާތްތަކާއިމެދު ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ސައޫދީ ހައްޖު އަދި އުމްރާ މިނިސްޓްރީން ނިންމައިފިއެވެ.

އެގޮތުން ޖޫން މަހުގެ ދެވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް، މައްކާ، ހަރަމްފުޅު ސަރަހައްދު، މިނާ އާއި އަރަފާތު އަދި މުޒްދަލިފާ، ރުސައިފާގެ ރޭލު ސްޓޭޝަންސް ސަރައްދުން ހައްޖު ހުއްދައާއި ނުލާ މީހަކު ފެނިއްޖެނަމަ އެމީހަކު 10 ހާސް ސައޫދީ ރިޔާލުން (ދިވެހި ރުފިޔާއިން ބަލާނަމަ 40 ހާހަށްވުރެ ގިނަ) ޖޫރިމަނާ ކުރާނެއެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ސައޫދީއަށް ނާދެވޭނޭހެން އެމީހަކު ނިސްބަތްވާ ޤައުމަކަށް އަނބުރާ ފޮނުވާލާނެއެވެ.

މީގެ އިތުރުން އެ ސަރަހައްދުތަކަށް މީހުން އެތެރެކުރުމުގެ މަސައްކަތް ކުރާ ގްރޫޕެއް ނުވަތަ ބަޔަކު އަތުލައިގަނެވިއްޖެނަމަ އެ ބަޔަކާއިމެދު ނުވަތަ އެމީހަކާއިމެދު އަދި ވަކިން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވެއެވެ.

އެގޮތުން އެމީހަކު ޖަލަށް ލުމާއި 50 ހާސް ސައޫދީ ރިޔާލުން ޖޫރިމަނާ ކުރުމާއި އެމީހަކު ދުއްވި އުޅަނދެއް ހިފެހެއްޓުމުގެ އިތުރުން ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އެމީހަކު ނިސްބަތްވާ ގައުމަކަށް ޑީޕޯޓްކޮށްލުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް