300 އަށްވުރެ ގިނަ ގާލްގައިޑް ދަރިވަރުންނަށް އެމްއެންޑީއެފް އިން އައުޓްޑޯރ ޗެލެންޖެއް ކުރިއަށް ގެންގޮސްފި

އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން އިންތިޒާމުކޮށްގެން، 23 ވަނަ ގާލްގައިޑް ކޭމްޕުގެ ދަރިވަރުންނަށް ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި އައުޓްޑޯރ ޗެލެންޖެއް ކުރިއަށްގެންގޮސްފިއެވެ. އެމްއެންޑީއެފްއިން ބ...

08 May 2024 | 01:45

އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން އިންތިޒާމުކޮށްގެން، 23 ވަނަ ގާލްގައިޑް ކޭމްޕުގެ ދަރިވަރުންނަށް ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި އައުޓްޑޯރ ޗެލެންޖެއް ކުރިއަށްގެންގޮސްފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވާގޮތުގައި ހޯމަ ދުވަހު، ދެ ދެންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އައުޓްޑޯރ ޗެލެންޖުގައި ރާއްޖޭގެ އެކި ސްކޫލުތަކުން 302 ކުދިން ވަނީ ބައިވެރިވެފައެވެ.

"ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ފަހިކޮށްދީ، ވާދަވެރި ރޫހެއްގައި ޓީމް ބިލްޑިންގ އަދި ލީޑަރޝިޕް ހުނަރުތައް އެކްސަސައިޒް ކުރުމަށް ދަރިވަރުންނަށް ދަސްކޮށްދިނުމުގެ މަޤްސަދުގައި ބޭއްވި މި އައުޓްޑޯރ ޗެލެންޖުގައި އަށް އޮބްސްޓެކަލް ކޯހެއް ވަނީ ކުރިއަށްގެންގޮސްފައި، އޭގެތެރޭގައި ހިމެނެނީ ލޯ ރެއިލިންގ، ޒިގްޒެގް ބެލެންސް، ޓަރޓަން ސްވިންގ، ރިވަރ ކްރޮސް، ޓަނަލް، ހަ ފީޓް ވޯލް، ޓަޔަރ ހޮޕިންގ، އަދި ލޮގް ކެރީ" އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

ޖުމްލަ 12 ގްރޫޕަކަށް ބަހާލައިގެން އައުޓްޑޯރ ޗެލެންޖު ކުރިއަށްގެންދިޔައިރު ޗެލެންޖުގެ ފުރަތަމަ ދަންފަޅީގައި 169 ދަރިވަރުން، އަދި ޗެލެންޖުގެ ދެވަނަ ދަންފަޅީގައި 133 ދަރިވަރުން ވަނީ ބައިވެރިވިކަމަށާއި މި ޗެލެންޖު ކުރިއަށްދިޔައިރު އެމްއެންޑީއެފްގެ ފަރާތުން 19 ސިފައިން ވަނީ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވެފައި ކަމުގައިވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް