ކޯވިޑް ބަލީގައި މީހަކު މަރުވެއްޖެ

ކޯވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން އެމީހާ މަރުވެފައިވަނީ މިދިޔަ ހަފްތާގައި އެވެ....

08 May 2023 | 09:04

ކޯވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން އެމީހާ މަރުވެފައިވަނީ މިދިޔަ ހަފްތާގައި އެވެ. އެއާއި އެކު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ314 އަށް އަރާފައި އެވެ.

އެޗްޕީއޭއިން މިހާރު ދަނީ ކޮންމެ ހަފްތާއަކު ކޯވިޑް ޖެހޭ މީހުންގެ މައުލޫމާތު އާންމު ކުރަމުންނެވެ. އެންމެ ފަހުން މިބަލީގައި މީގެ ދެ ހަފްތާ ކުރިން ދެ މީހުން މަރުވެފައިވެ އެވެ.

މިހާރު ކޯވިޑް ބަލީގައި މަރުވާ މީހުންގެ އިތުރު މައުލޫމާތު އާންމުއެއް ނުކުރެ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ ހަފްތާގައި ކޯވިޑް ޖެހިފައިވަނީ91 މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅު ތެރެއިން ބަލި ޖެހުނު16، މާލެއިން48 އަދި އެހެނިހެން ރަށްތަކުން27 މީހުންނެވެ.

ހޮސްޕިޓަލުގައި ފަރުވާދެމުން ދަނީ16 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް