ގިނަ އަދަދެއްގެ ފިރިހެނުންތަކެއް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

ގިނަ އަދަދެއްގެ ފިރިހެނުންތަކެއް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. މިހާދިސާ ހިނގާފައިވަނީ އުތުރުގެ ރަށެއްގައި އެވެ. އުމުރުން 14 އަހަރުގެ އަންހެން ކުއ...

08 May 2023 | 07:52

ގިނަ އަދަދެއްގެ ފިރިހެނުންތަކެއް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މިހާދިސާ ހިނގާފައިވަނީ އުތުރުގެ ރަށެއްގައި އެވެ. އުމުރުން 14 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރަމުންދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށްވެ އެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ މައްސަލައިގެ ތަހުގީގުގައި އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި 19 މީހެއްގެ މައްސަލަ ވަނީ ތިލަވެފައި އެވެ. އަދި މިހާރު ކުއްޖާ މާލެ ގެނެސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މި މައްސަލައިގަ ޖެންޑާ މިނިސްޓްރީން މީޑިއާގައި ބުނީ އެ ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

މިކަމާއި ގުޅޭ މާ ބޮޑު ތަފްސީލެއް އަދި ނޭނގެ އެވެ.

މިދިޔަ މަހުވެސް ވަނީ ފުވައްމުލަކު ސިޓީގައި ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކެއް ފެންމަތިވެ، ބަޔަކު ހައްޔަރު ކޮށްފައި އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އެކުދިންގެ އާއިލާގެ ބައެއް މީހުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް