ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކުން ސިފައިންގެ ވަޒީފާއަށް މީހުން ހޯދަން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވަން ނިންމައިފި އެވެ.
މިކަން ހާމަކޮށް އެމްއެންޑީއެފުން ބުނީ މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށްދާނީ ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީ ހިތަދޫ، ހުޅުދޫ އަދި ގދ. ތިނަދޫގައި ކަމަށެވެ.
ފުވައްމުލަކާއި އައްޑޫ ސިޓީ ހިތަދޫގައި މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން 6:00 އަށް ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ ފުވައްމުލަކުގައި މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ ފުވައްމުލައް އަތޮޅު ތައުލީމީ މަރުކަޒުގައި ކަމަށާއި އައްޑޫ ސިޓީ ހިތަދޫގައި ހިތަދޫގައި މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ ހިތަދޫ ހައި ސްކޫލުގަ ކަމަށެވެ.
ހަމައެހެންމެ ސިފައިންގެ ވަޒީފާތަކާ ގުޅޭ ގޮތުން އައްޑޫ ސިޓީ ހުޅުދޫގައި މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ މާދަމާ ހަވީރު 4:00 އިން 6:00 އަށް ސ. ހުޅުދޫ ފަޔާ ސްޓޭޝަންގައި ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
އެމްއެންޑީއެފުން ބުނީ ގދ. ތިނަދޫގައި މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ މިމަހުގެ 10 ވަނަ ދުވަހު ހަވީރު 4:00 އިން 6:00 އަށް ތިނަދޫ އަތޮޅު ތައުލީމީ މަރުކަޒުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް